އިންޑިއާއަށް ބިންހެލުމެއް އަތުވެއްޖެއެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސިސްމޮލޮޖީއިން ބުނި ގޮތުގައި ރެކްޓަރ މިންގަނޑުން 5.0 ބާރުމިނުގައި މި ބިންހެލުން އައިސްފައިވަނީ އިންޑިއާގެ ލަޑަކްއަށެވެ.

ބިމުގެ 250 ކިލޯ މީޓަރު އަޑިން އައި މި ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބުނު ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ބިންހެލުމާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ ބިންހެލުން އައި ވަގުތު ކޮންމެ ވެސް ވަރަކަށް ގޭގައި ހިފައި ގެންގުޅޭ ތަކެއްޗަށް އެނގުނު ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް އަދި ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު