އިންޑިއާގައި ފުލުހުންގެ ގެއެއް ބަލައި ފާސް ކުރުމުގެ ތެރެއިން ހަތަރު ދުވަހުގެ ކުޑަ ކުއްޖެއްގެ ގަޔަށް ބޫޓުން އަރާ މަރާލައިފިއެވެ.

އިންޑިއާގެ އަވަށެއްގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

ބުޝާން ޕާންޑޭ ނަމަކަށް ކިޔާ މީހަކު ހައްޔަރު ކުރުމަށް އެ އަވަށުގެ ފުލުހުން އެ ގެއަށް ދިއުމުން ބުޝާން ވަނީ ފިލައިފައެވެ.

ހަތަރު އަހަރުގެ ތުއްތު ކުއްޖާގެ ގަޔަށް ބޫޓުން ފުލުހުން އަރާފައި ވަނީ ބުޝާން ނުފެނިގެން އެ ގޭތެރެ ހޯދުމުގެ ތެރެއިން ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

ފުލުހުންގެ އެގޭތެރެ ފާސްކުރުމުގެ ތެރެއިން ތުއްތު ކުއްޖާ ނިދާފައި އޮތް އެދުމައްޗައް އަރައި ބޫޓުން އެ ކުއްޖާ ޗަސްކޮށްލައި މަރާލީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަރުވި ތުއްތު ކުއްޖާގެ މަންމަ ނެހާ ދޭވީ ބުނެފައިވާ ގޮތުގައި ފުލުހުން އެގެއަށް ވަނުމުން އޭނާ ދަރިފުޅު ބާއްވާފައި އަވަހަށް ދިޔައީއެވެ. އަދި ގެއަށް ގޮސް ބެލި އިރުގައި އޭނާގެ ދަރިފުޅު އޮތީ މަރުވެފައި ކަމަށް ދޭވީ ބުންޏެވެ.

ބުޝާން ޕާންޑޭ ވަނީ އޭނާގެ ކާފަ ދަރިފުޅު ފުލުހުން މަރާލާފައިވާ ކަމަށް ބުނެ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ބުނާގޮތުގައި ފުލުހުން އެ ކުއްޖާގެ ގަޔަށް ފައިން އަރައި މަރާލީއެވެ.

މި ތުހުމަތުތަކާ ގުޅިގެން އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަށް ފޮނުވިއެވެ. ޕޯސްޓްމޯޓަމްގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި އެ ކުއްޖާގެ ބަނޑު ވަނީ އެތެރެއިން ފަޅައިގެން ގޮސްފައެވެ.

މި މައްސަލައިގައި އެ އަވަށުގެ ހަ ފުލުހުންނާ ދެކޮޅަށް އެފްއައިއާރް ވަނީ ހުށަހަޅައިފައެވެ. އަދި ފަސް ފުލުހަކު ސަސްޕެންޑް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟަނި

    މިވަރުގެ ޖަނަވާރު ބައެއްގެ ދަށުވާން މިސަރުކާރުން މިއުޅެނީ. ނުބައިބައެއް ފިސާރި

    30
    2
    • އާދަން

      ބަލަ ބަޔަކު ދަށު ނުވިއަސް 100 ޕަސެންޓު މުސްލިމު ގައުމެއްގަ މިއަށް ވުރެ އަނިޔާވެރި ކޮށް މީހުންނަށް ހިތަނީ. އިހަކަށް ދުވަހު އަންހެނަކު މަގުމަތީގަ ދަމާތަން ދުށީމުތަ؟ ފުރަތަމަ ތިމާ މީހާގެ ބަސްމަގާއި ވިސްނުން އިސްލާހުކުރޭ

      9
      8