އިސްރާއީލްގެ ސިފައިން ފަލަސްތީންގެ ޒުވާނަކު ޝަހީދުކޮށްލައިފިއެވެ.

މިއަދަކީ ފަލަސްތީނަށްވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ.

ޓައިމްސް އޮފް ޣައްޒާ އިން ބުނެފައިވާގޮތުގައި، މިއަދު ހެނދުނުގެ ވަގުތެއްގައި އިސްރާއީލްގެ ސިފައިން ވަނީ ހުޅަނގު އުތުރު އައްސޭރީގައި ހުންނަ ފަލަސްތީނުގެ 16 ގަވަރުނަރޭޓްގެ ތެރެއިން ތުލްކަރަމް އިރުމަތީ ސަރަހައްދުން ޒުވާނަކު ޝަހީދު ކޮށްލައިފައެވެ.

އެއީ އުމުރުން 25 އަހަރުގެ ޒުވާން ފިރިހެނެކެވެ.

އޭނާ ޝަހީދުކޮށްލާފައި ވަނީ އިސްރާއީލްގެ ސިފައިން އެގެ ހުންނަ ސަރަހައްދު ބަންދުކޮށް ބަޑިން ހަމަލާ ދީގެންނެވެ.

ޓައިމްސް އޮފް ޣައްޒާއިން ބުނެފައިވާގޮތުގައި، އޭނާގެ މަރާއެކު އެ ސަރަހައްދުގެ ގިނަބަޔަކު ތިބީ ޝޮކެއްގައެވެ. އަދި އޭނާގެ ޖަނާޒާގައި ގިނަބަޔަކު ބައިވެރިވި ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލްގެ ސިފައިން އަމީރް އަބޫ ޚަދެޖާ ޝަހީދުކޮށްލާފައި ވަނީ އޭނާ ދިރިއުޅޭ ގެއަށް 40 އަށް ވުރެ ބަޑީގެ ހަމަލާތައް ދީގެންނެވެ.

އާއްމުކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަނީ، އެގޭގެ ތެރޭގައި ވަޒަން އަރާފައި ހުރި ތަންތަނާއި، އޭނާގެ ގަައިން ފައިބާފައި ހުރި ލޭގެ ކޯރުތަކެވެ. އަދި އެގޭގެ ފާރަށްވެސް އޭނާގެ ހަށިގަނޑުން ފައިބާފައި ހުރި ލޭތައް ބުރައިގެން ގޮސްފައިވާ މަންޒަރު ފެނިގެން ދެއެވެ.

މި އަހަރުގެ މިހާތަނަށް އިސްރާއީލްގެ ސިފައިން ވަނީ ޕަލަސްތީންގެ 90 މީހަކު ޝަހީދުކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މައްޔިތާގެ ފާފަފުއްސަވައި ސުވަރުގެ މިންވަރު ކޮއްދެއްވާށި!

  2. ޖުހާ.

    އޭރުވެސް މަބުނިން އިޒްރޭލަކަށް ރޯދަމަހު ހިމޭނުން ނޯވެވޭނޭ. އެއީ ޔަހޫދީން މުސްލިމުންނަށް އެންމެ އަނިޔާކުރާ މައްސަރު. ތާރީހު މިކަމަށް ހެކިވާނެ.