ހައްދު ފަހަނަ އަޅާފައިވާ އިސްރާއިލު ސިފައިން، އަގްސާ މިސްކިތަށް ވަދެ މުސްލިމުން ނަމާދު ކުރަން ތިއްބާ ހުރަސް އަޅައި ގަދަކަމުން މީހުން މިސްކިތުން ނެރެފިއެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލުގެ ސިފައިންގެ އުނދަގޫ މި ރަމަޟާންމަހު ވަނީ އިތުރުވެފައެވެ. އެގޮތުން މިސްކިތުގައި އަޅުކަމުގައި ތިބޭ މުސްލިމުންނަށް އުނދަގޫކޮށް އެމީހުން މިސްކިތުން ބޭރުކުރުމަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ކުރާ ކަމެކެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހު އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން އަންނަ ދުއްތުރާތަކާއި ފުރައްސާރަތައް އިތުރުކުރެއެވެ.

މީގެ ކުރިންވެސް ރޯދަމަހާ ދިމާކޮށް ތަކުރާރުކޮށް އިސްރާއީލުން ވަނީ ފަލަސްތީނަށް ހަމަލާދީ ގިނަ ގަތުލްއާއްމުތަކެއް ހިންގައި، ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގައިފައެވެ. މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހުވެސް ފަލަސްތީނުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި އިސްރާއީލް ސިފައިން ވަނީ އޭނާ ޝަހީދުކޮށްލާފައެވެ. އަދި އެކިއެކި ސަބަބުތައް ދައްކައި ފަލަސްތީނުގެ އެތައް ޒުވާނުން މިރޯދަމަހުވެސް ހައްޔަރު ކުރިއެވެ.

އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ފަލަސްތީނުގެ އެތަކެއް ބަޔަކު ޝަހީދު ކުރަމުން އަންނައިރު، މިއަހަރު ފެށުނު ފަހުން އިސްރާއީލް ސިފައިން ޝަހީދު ކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 100 އިން މައްޗަށް އަށް އަރާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮބާ!

    ފައުޅުގައި ނިކުމެ އަތްޖަހަމުން ދިޔަޔަސް މިހާރަކު މައްސަލައެއް ނޯންނާނެ! 😭