އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް އުފުލި ދައުވާގެ އަޑުއެހުން ނިންމާ، މިއަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އިތުރު އަޑު އެހުމެއް ބާއްވަން ތާވަލު ކޮށްފިއެވެ.

2016 ވަނަ އަހަރު އެމެރިކާގެ ރައީސްކަން ކުރެއްވި ޓްރަމްޕް މިރޭގެ ވަގުތެއްގައި ކޯޓަށް ހާޒިރު ކޮށްފައިވަނީ އެމެރިކާގެ ބަރަހަނާ ފިލްމު ކުޅެމުންއަންނަ ސްޓޯމީ ޑެނިއަލްސްއާއި އެކީ ނަހަމަ ގުޅުން ސިއްރު ކުރަން ފައިސާދީ، އެފައިސާ ދިންކަން ލިޔެކިޔުންތަކުން ނުފެންނަ ގޮތް ހެދި މައްސަލައިގައެވެ.

އެމައްސަލައިގައި ޓްރަމްޕްގެ މައްޗަށް 34 ދައުވާއެއް އުފުލާފައިވާއިރު، އެ ހުރިހާ ދައުވާތަކަށް ޓްރަމްޕް ވަނީ އިންކާރު ކޮށްފައެވެ.

މިރޭގެ އަޑު އެހުމުގައި ޓްރަމްޕް މާ ގިނަ ވާހަކަތަކެއް ކޯޓުގައި ހިއްސާ ކޮށްފައެއް ނުވެއެވެ. ހަމަ އެކަނި ދައުވާއަށް އިންކާރު ކޮށްފައިވާތީ، އަޑު އެހުން ނިންމައި މައްސަލައިގެ އިތުރު އަޑު އެހުމެއް އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކޯޓުން ވަނީ ތާވަލު ކޮށްފައެވެ.

މި އަޑު އެހުން އޮންނާނެ ކަމަށް ރިޕޯޓްތަކުން ބުނެފައިވަނީ ނިއުޔޯކުގެ މަންހަޓަން ކޯޓުގައެވެ.

މިރޭގެ އަޑުއެހުން ނިމުމާއި އެކީ ޓްރަމްޕް ވަނީ ނިއުޔޯކް ދޫކޮށް ފްލޮރިޑާއަށް ފުރާފައެވެ. އަދި ފްލޮރިޑާގައި ނޫސްވެރިންނާއި ބައްދަލު ކުރާނެ ކަމަށް ވެސް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިސާރޗް

    މިއީ ތިޔަ ބުނާ ފާސްޓު ޝަރީއަތް ހިންގަން ވަކާލާތު ކުރާ އެމެރިކާގައި ޝަރިއަތް ކުރާގޮތް. އަހަރަކު އަޑުއެހުމެއް ބާއްވަނީ..