ޑޮލަރު ބޭނުން ކުރުން ހުއްޓާލައި އިންޑިއާ ރުޕީސް އިން ވިޔަފާރި ކުރާ 19 ވަނަ ގައުމަކަށް ބަންގުލަދޭޝްވެއްޖެއެވެ.

ބަންގްލަދޭޝްގެ ވިޔަފާރިވެރިން ވަނީ އިންޑިއާއާއެކު އައިއެންއާރް އަދި ޓާކާގައި ވިޔަފާރީގެ މުއާމަލާތްތައް ހަމަޖެއްސުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔައިފައެވެ. ދެ ގައުމުގެ ދެމެދުގައި ކުރާ މުއާމަލާތް ކުރިއަށް ދާނީ ތިން ވަނަ އެއްވެސް ފައިސާއެއް ނުހިމަނައި ހަމައެކަނި ޓާކާ ރުޕީސް އިންނެވެ.

ބަންގްލަދޭޝް ވެގެން ގޮސްފައިވަނީ އިންޑިއާ ރުޕީސްގައި އިންޑިއާއާއެކު ބައިލެޓަރަލް ވިޔަފާރީގެ މުއާމަލާތްތައް ހަމަޖެއްސި 19 ވަނަ ގައުމަށެވެ. ޑޮލަރު ދޫކޮށްލުމަށާއި މުއާމަލާތްތައް ކްލިއާ ކުރުމަށް އިންޑިއާ ފައިސާ ބޭނުންކުރުމަށް ދެ ގައުމުން ވެސް އެތައް މަހެއް ވަންދެން މަޝްވަރާ ކުރަމުން ދިޔައެވެ.

ބަންގްލަދޭޝްގެ ދެ ބޭންކެއް ކަމަށްވާ ސޮނާލީ ބޭންކާއި އީސްޓަން ބޭންކް ލިމިޓެޑް (އީބީއެލް) އިން އިންޑިއާއަށް ދޭ ދެ ބޭންކެއް ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި އައިސީއައިސީއައި ބޭންކުގައި ވޮސްޓްރޯ އެކައުންޓް ހުޅުވަންވެސް ވަނީ ނިންމައިފައެވެ.

ސޮނާލީ ބޭންކް ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެމްޑީ އަފްޒަލް ކަރީމް އާ ހަވާލާދީ ޑާކާގެ ބިޒްނަސް ސްޓޭންޑާޑްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ޓާކާ އާއި އައިއެންއާރުގައި އިންޑިއާއާ އެކު ބައިލެޓަރަލް ޓްރޭޑް ކުރުމުން ޑޮލަރުގެ ޕްރެޝަރު ކުޑަވެ އޭގެ ފައިދާ ދެ ގައުމަށް ވެސް ކުރާނެއެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު އިންޑިއާއިން ބަންގްލަދޭޝްއަށް އިމްޕޯޓްކޮށްފައިވަނީ ގާތްގަނޑަކަށް 13.69 ބިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ދެ ބިލިއަން ޑޮލަރުގެ ވިޔަފާރި އައިއެންއާރުގައި ކުރާއިރު ބާކީ ފައިސާ ދައްކާނީ އެމެރިކާ ޑޮލަރަށެވެ.

އެގޮތުން ބަންގްލަދޭޝްއިން އިންޑިއާއަށް އެކްސްޕޯޓްކޮށްފައިވަނީ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރަށް ކަމަށާއި އެކަމާ ގުޅޭ މުއާމަލާތްތައް ކުރާނީ އިންޑިއާ ރުޕީސް އާއި ޓާކާއިން ކަމަށްވެސް ބުނެފައިވެއެވެ.

"ދެ ގައުމުގެ ސެންޓްރަލް ބޭންކްތަކުގެ އެޕްރޫވަލް ލިބުމުން ކަސްޓަމަރުންނަށް އަންގާނަން އިންޑިއާއާ އެކު އިމްޕޯޓް އެކްސްޕޯޓް ކުރެވޭނީ ސީދާ ރުޕީސް މެދުވެރިކޮށް ކަން" އީބީއެލްގެ މެނޭޖިން ޑިރެކްޓަރު އަލީ ރިޒާ އިފްތިހާރު އާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވެއެވެ.

އެއަށްފަހު ޝައުގުވެރިވާ ވިޔަފާރިވެރިންނަށް ސީދާ އެލްސީ ހުޅުވޭނީ ރުޕީސްއިންނެވެ. އެކަމުގެ ސަބަބުން ވިޔަފާރިވެރިންގެ ޚަރަދު ކުޑަވެގެންދާނެ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ބަންގްލަދޭޝް ޗެމްބާ އޮފް އިންޑަސްޓްރީޒްގެ ރައީސް އަންވަރުލް އަލަމް ޗައުދަރީ ޕަރްވޭޒް ވަނީ އިންޑިއާއާއެކު ބައިލޭޓަރަލް ވިޔަފާރީގެ މުއާމަލާތްތައް ޓަކާ އާއި ރުޕީސްއަށް ހަމަޖެއްސުމަށް ނިންމި ނިންމުމަށް ތައުރީފު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޭކު ޙަސީނާ ވިތް ކިނބޫ

    ރާއްޖެއިންވެސް ބަނގުލަދޭސް އާއި އެކު ދިވެހިރުފިޔާ އާއި ޓާކާ އިން ވިޔަފާރި ކުރަން ފައްޓަންވީ.. އޭރުން ބަންގާޅީން ބޭރަށް ފޮނުވާ ޑޮލަރތައް މަދުކުރެވޭނެ..

    15
  2. އެމެރިކާނޯ

    އެމްޑީޕީއަށް އަންނަ ދައުރު ދީފިނަމަ ރާއްޖެއިން ވެސް ތިޔަކަހަލަ އެގްރީމެންޓެއްގައި ސޮއިކުރާނެ. ރައްޔިތުންނޭ ހޭލާ. މިއީ އެމެރިކާއަށް މައްސަލައެއް ނޫން. މައްސަލައަކަށް ވަނީއ އަރަބިން ވަކި ކަރަންސީއެއް އުފައްދަންވީމަ.

    2
    1
  3. ސލ

    ރާއްޖޭގައިވެސް ދޭދޭ ގުޅުމުގެ ތެރެއިން ފާއިދާހުރި ގޮތްތައް
    ނެރެ ހާމަކުރަންޖެހެއެވެ މިދަނޑިވަޅަކީ އެއްފައި އަނެއްފައިސާއިން މުއާމަލާތްކުރުމުގެ މޫސުމެކެވެ ރާއްޖެއިން
    ވެސް ފުރުސަތުލިބެން އޮތްނަމަ ރުފިޔާއިން މުއާމަލާތް ކުރުމަށް ދޮރެއްހުޅުވޭތޯބެލުން މުހިއްމެވެ.