އަވަށްޓެރި އިންޑިޔާގެ ދެކުނުގައި އޮންނަ، ކެރެލާ ސްޓޭޓަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ޙާދިސާތަކާ ގުޅިގެން، އެސަރަޙައްދަށް، އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވައިފިއެވެ.

އިއްޔެގެ ވަގުތެއްގައި، ކެރެލާގެ ކޮޗިންގައި ހުންނަ އިންޓަނޭޝަނަލް އެއަރޕޯޓަށް މޯދީ ވަޑައިގަންވާފައިވާއިރު، މިއަދުގެ ވަގުތެއްގައި، ކެރެލާގައި ފެންބޮޑުވެފައިވާ ސަރަޙައްދުތައް، އޭނާވަނީ މަތިން ބައްލަވާލައްވާފައެވެ.

ކެރެލާ އަށް ވަޑައިގެން، ކެރެލާގައިވަނީ މޯދީ ޗެއަރމަންކަން ކުރެއްވި، އިސް ފަންތީގެ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމަކީ، ކެރެލާ އަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އެސަރަޙައްދަށް އެހީގެ ކަންކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ބޭއްވެވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމަށްފަހު، ފެންބޮޑުވުމާއި، ލިބުނު އެހެން ގެއްލުންތަކުން އަރައިގަނެ، ކުއްލި ޙާލަތަށް އިޖާބަ ދިނުމުގެ ކަންކަން ހަރުދަނާކުރުމަށް، 500 ކުރޯޑު އިންޑިޔާ ރުޕީސްގެ އެހީއެއް، މަރުކަޒީ ސަރުކާރުގެ ފަރާތުން ކެރެލާގެ ސްޓޭޓް ސަރުކާރަށް ދީފައިވެއެވެ.

މޯދީ އިއްޔެ ކެރެލާ އަށް ވަޑައިގެންނެވީ، މި ކަންކަމުން އަރައިގަތުމަށް، އިންޑިޔާގެ މަރުކަޒީ ސަރުކާރުން، ކެރެލާ އަށް އެންމެ އެދެވޭ ގޮތެއްގައި އެއްބާރުލުމާއި އެހީތެރިކަން ނުދޭކަމަށް އެތައް ފަރާތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އެތައް ބަޔަކު މިހެން ބުނަމުންދާއިރު، ކެރެލާގައި އޮންނަނީ މޯދީ ނިސްބަތްވެވަޑައިގަންވާ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ވެރިކަމެއް ނޫނެވެ.

ހަމައެހެންމެ، އިއްޔެ ބޭއްވި އިސް ފަންތީގެ ބައްދަލުވުމަށްފަހުވެސް، އެތައް ބަޔަކު ދަނީ މޯދީ އަށް ފާޑު ކިޔަމުންނެވެ. އެފަރާތްތަކުން ފާޑު ކިޔަމުންދަނީ، ކެރެލާގެ ފެންބޮޑުވުމުގެ ކަންތައްތަކަށް، ސަރުކާރުން ކާރިސާއެއްގެ ދަރަޖަ ދީފައި ނުވާތީއެވެ. އާބާދީގެ ބޮޑު ބަޔަކަށް ގެއްލުންވެ، އިޤުތިޞާދީ ހަރަކާތްތައް ހިންގަން ދަތިވެފައިވީނަމަވެސް، މިކަމަށް ކާރިސާއެއްގެ ދަރަޖަ ދީފައި ނުވާތީ، އެހީގެ ކަންކަންވެސް، އެންމެ އެކަށީގެންވާ ގޮތެއްގައި ހިނގަމުން ނުދެއެވެ.

ކެރެލާ އަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގައި އެތައް ބަޔަކު މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލިފައިވެއެވެ. އެހެންނަމަވެސް، އިއްޔެ، ބައެއް ސަރަޙައްދުތަކަށް، ވެހެމުންދިޔަ ވާރޭވަނީ ތުނިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ގެރި މޯޑީ

  2. ސސހހ

    އޭނަ ބަލާނީ ގެރިޔަކައް ގެއްލުން ވީ ތޯ. މީހުން މަރިވިޔަސް ގެރި ސަލާމައް ކުރެވޭތޯ

  3. Anonymous

    އޭނާ އެތަނަށްގޮސްފަވެސް ދިރާސާ ކުރާނީ އެސަރަހައްދުންވެސް މުސްލިމަކު އުނިކުރެވޭނެ ގޮތެއް ހޯދޭތޯ، ގެރިމަސްކޮޅެއް ކެއި މީހެކޭ ކިޔާފަވިޔަސް މުސްލިމަކު މެރުމުގެ ބޭނުުމުގަ، މިދުނިޔޭގެ ފިރުޢައުނު، އެމް.ޑީ.ޕީގެ ކިންގް އަދި އެޑްވައިޒާރ