އަވަށްޓެރި އިންޑިޔާގެ ކެރެލާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް ބޮލީވުޑްގެ މަޝްހޫރު އެތަކެއް ތަރިންނެއް އެހީތެރިވެއްޖެއެވެ.

އެގޮތުން ކެރެލާގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީވުމަށް މިލިއަނަރު އަދި މަޝްހޫރު އެކްޓަރ ޝާހްރުކް ހާން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ޝާހްރުން ހާން އާއި އެކު އިންޑިއާގެ ގިނަބައެއްގެ ލޯބި ހޯދައިފައިވާ އެކްޓަރ އަދި ޕްރޮޑިޔުސަރ އަމީތާބް ބައްޗަން އާއި ސޮނާލީ އާއި ސަރައްދާ އާއި ވަރުން އާއި ޖޯން އަބްރަހަމް އަދި ފަރުހާން އަކްތަރްގެ އިތުރުން ސިދާތް ވަނީ ކެރެލާގެ ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަދި ބޮލީވުޑްގެ ތަރިން އިސްވެ ތިބެ ވަނީ ކެރެލާ ޑޮނޭޝަން ޗެލެންޖްގެ ނަމުގައި ހަރަކާތެއް ފަށާފައެވެ. އެ ހަރަކާތުގެ ސަބަބުންވެސް އެތަށް ބަޔެއްގެ މާލީ އެހީތެރިކަން ލިބިފައިވާ ކަމަށް ބޮލީވުޑްގެ ތަރިން ބުނެއެވެ.

ކެރެލާގެ ގިނަ ސަހަރައްދުތަށް ފެންބޮޑުވުމާއި، އެކަމާ ގުޅިގެން ކުރިމަތިވި އެހެން ކަންކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 324 އަށް އަރާފައިވާ އިރު 22،3139 މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން 8000 ކޮރޯޑް ރުޕީސްގެ އަގުހުރި ދަނޑުގޮވާންތަށް ވެސް ވަނީ ހަލާކުވެ ވީރާނަވެފައިވެފައެވެ.

ކެރެލާގެ ޗީފް މިނިސްޓަރުގެ އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއީ ފާއިތުވި ޤަރުނުގެ ތެރޭގައިވެސް ކެރެލާ އަށް ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ޙާދިސާކަމުގައެވެ.

ފެންބޮޑުވުމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 1500 އަށް ވުރެ ގިނަ ވަގުތީ ހިޔާތަށް ރައްކާތެރި ހިސާބުތަކުގައި ގާއިމްކޮށްފައިވާނެ ކަމުގައި އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރ ރިލީފް ފޯސް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު