ޔޫކްރެއިންގެ ކަހޮވްކާ ޑޭމް، ގޮއްވާލީ ޔުކްރެއިން އިން އަމިއްލަ އަށް ކަމަށް ރަޝިއާ އިން ބުނެފިއެވެ.

ކަހޮވްކާ ޑޭމް ގޮއްވާލައިފައި ވަނީ އިއްޔެއެވެ. އެއާއެކު އެތައް ސަރަހައްދުތަކެއްގައި ވަނީ ފެން ބޮޑުވެފައެވެ.

ޔުކްރެއިން ތުހުމަތު ކުރާ ގޮތުގައި އެ ޑޭމް ގޮއްވާލީ ރަޝިއާ އިންނެވެ.

އެކަމަކު ރަޝިއާއިން ބުނީ އެ ޑޭމް ގޮއްވާލީ ޔުކްރެއިންއިން ކަމަށާއި، ބޭނުމަކީ ރަޝިއާގެ ބާރުގެ ދަށުގައި މިހާރު އޮތް ކްރައިމިއާ ސަރަހައްދަށް ފެން ނުލިބޭ ގޮތް ހަދައި އަދި ޔުކްރޭންއަށް ރައްދު ދިނުމުގައި ފެއިލްވަމުންދާތީ އެކްޓް ދެއްކުން ކަމަށެވެ.

ކްރައިމިއާގައި ދެ މިލިއަން ރައްޔިތުންނަށް ފެން ލިބެނީ އުތުުރު ކްރައިމިއަން ކެނަލްއިންނެވެ. އަދި އެ ކެނެލްއަށް ފެން އަންނަނީ ކަހޮވްކާ ޑޭމްއިންއެވެ.

ޔުކްރޭންއިން މިދިޔަ ޑިސެމްބަރު މަހު ވަނީ އެމެެރިކާގެ ހައިމާސް ލޯންޗަރު ބޭނުންކޮށްގެން އެ ޑޭމްއަށް ހަމަލާ ދިނުމަށް ޓެސްޓްތަކެއް ވެސް ކޮށްފައެވެ.

އަދި ޑޭމް އިއްޔެ ގޮއްވާލުމުގެ ކުރިން ރަޝިއާ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަސީލީ ނެބެންޒިއާ ވަނީ ޔުކްރޭންއިން އެ ޑޭމް ގޮއްވާލަން އުޅޭ ކަމުގެ އިންޒާރު ދެއްވައިފައެވެ.

ރަޝިއާއިން ޔުކްރޭންއަށް އަރައިގަތީ މިދިޔަ އަހަރުގެ ފެެބްރުއަރީ މަހުއެވެ. އޭގެ ފަހުން ރަޝިއާއިން ވަނީ އިރުމަތި ޔުކްރޭންގެ ބޮޑު ބައެއް ހިފައިފައެވެ. ނަމަވެސް ޔުކްރޭންއިން ދަނީ ހުޅަނގުގެ ހަތިޔާރާއެކު ރައްދުދެމުންނެވެ. ނަމަވެސް ފަހަކަށް އައިސް ޔުކްރޭންއަށް ވަނީ ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުވަދު

    ރަޝިޔާއަށް އުނދަގޫކުރަން ވެގެން ތިކިޔާ މޮޔަ ޒެލްނސްކީ ކޮށްގެން އުޅޭކަމެއް ތީ. ހާލުގަ ޖެހޭނީ ރައްޔިތުންކަން އެ ސޮރަށް އެނގޭ.

    15
  2. ރަޝިޔާއިން އެކަހަލަ ކަނޑުކޮސް ކަންކަމެއް ނުކުރާނެ…ޒެލެންސްކީ އަކީ ހުޅަނގުގެ ޕަޕެޓެއް ވީމަ ކޮށްފާނެ…ހުޅަނގަށް ކީއްދޯ ޔުކުރެއިންގެ ރައްޔިތުން ހަނާވިޔަސް…ކުޑަމިނުން ރައްޔިތެއްގެ ޕްރެޝަރ އެއްވެސް ނާންނާނެ އެމީހުންނަކަށް…