ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓް އަށްވުރެ ހަތަރުގުނަ އުސް ފަރުބަދައެއް ބިމުގެ އަޑިން ހޯދާފައިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީގެ ސައިންސްވެރިންތަކެއް, އެންޓާކްޓިކާގައި ހުންނަ ސެއިސްމޮލިޖީ ސެންޓަރެއްގައި ގިނަ ދުވަސްތަކެއް ވަންދެން ކުރި ދިރާސާތަކެއްގައި މި ފަރުބަދަ ހޯދާފައިވަނީ ދުނިޔޭގެ ބިމުގެ ތިންހާހެއްހާ ކިލޯމީޓަރުން އަޑިން ކަމަށް ވެއެވެ.

ނޭޕާލްގައި ހުންނަ މައުންޓް އެވަރެސްޓް އަށްވުރެ އުސް ފަރުބަދައެއް ބިމުގެ އަޑިން ހޯދާފައި ވާއިރު މި ފަރުބަދައިގެ އުސްމިނުގައި ގާތްގަނޑަކަށް 38 ކިލޯމީޓަރު ނުވަތަ 24 މޭލު ހުންނާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. މައުންޓް އެވަރެސްޓް ގެ އުސްމިނުގައި ހުންނަނީ 8.8 ކިލޯމީޓު ނުވަތަ 5.5 މޭލެވެ.

އެންޓާކްޓިކާގައި ދިރާސާތައް ކުރިޔަށް ގެންދިޔަ ސައިންސްވެރިން ބުނާގޮތުން މައުންޓް އެވަރެސްޓް އަށްވުރެ އުސް މިނޫން ފަރުބަދަތައްވެސް ދުނިޔޭގެ ބިމުގެ އަޑީގައި ހުރެދާނެއެވެ. މި ފަރުބަދަތައް ދުނިޔޭގެ ބިމުގެ ފަށަލައިގެ އަޑީގައި ވަނީ ގުދުރަތީގޮތުން އައި ބަދަލުތަކާއެކު ކަމަށް އެފަރާތްތަކުން ގަބޫލުކުރެއެވެ.

ހާއްސަ ގޮތެއްގައި ދުނިޔޭގެ ބިމުގެ ފަށަލައިގެ އަޑީގައިވާ ޓެކްޓޯނިކް ޕްލޭޓްތައް ފުށުއެރުމުން އެއްފަށަލައިގެ ދަށަށް އަނެއް ފަށަލަލެވި ބިމުގެ އަޑިޔަށް ދަމައިގަތުން މިކަމުގެ ސަބަބަކަށް ވެދާނެ ކަމަށް މީގެ ކުރިން ހެދި މިފަދަ ދިރާސާތަކުން އެނގެއެވެ.

އެރިޒޯނާ ޔުނިވާސިޓީގެ ފަރާތުން އެންޓާކްޓިކާގައި ކުރާ ދިރާސާގެ މަސައްކަތް އަދިވެސް ކުރިޔަށް ދާއިރު, ސައިންސްވެރިން ބުނެފައި ވަނީ އަލަށް ފެނުނު ފަރުބަދައިގެ ހޯދުންތައް އިތުރަށް ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ފަރުބަދަ އާއި ގުޅޭގޮތުން އިތުރު ގިނަ މައުލޫމާތުތައްވެސް ކުރިޔަށް އޮތްތަނުގައި ލިބިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަބީބު.

    ޗޭނު ބުލޮކްޖަހާދަމާފަ ނަގަމާ ހިނގާ ތިޔައެތި

    6
    1
  2. ޡީދާ

    ޤުރުއާނުގައިވެއެވެ. ބިންގަނޑު ހަރުލެއްވުމަށް ފަރުބަދަތައް ލެއްވީމެވެ.

    12
    3
  3. Anonymous

    ޤުރުއާނުގައިވެއެވެ. ބިންގަނޑު ހަރުލެއްވުމަށް ފަރުބަދަތައް ލެއްވީމެވެ.

    12
    2
  4. އުސްމިން

    އެހެން ވިއްޔާ ތިޔައީ އުސް ފަރުބަދައަކަށް ނުވާނެ. ތިވާނީ މައުންޓް އެވަރެސްޓާ އެއްވަރުގެ އުސްމިނެއް ހުރި ފަރުބަދައަކަށް ވެދާނެ.

  5. Anonymous

    ޕިއަރާބޮގޭ ކިޔާ ބޭފުޅެއްގެ ހޯދުންތަކުން ފަރުބަދަ ބިމުގެ މައްޗަށް ހުންނަ ވަރަށް ބިމުގެ އަޑިޔަށް ވެސް ހުންނަކަމަށްވޭ.
    ހުރިހާ ތަކެއްޗެއް ހެއްދެވި މަތިވެރި ފަރާތުން ބިން ހިފަހައްޓަވާ ކަޑަތަކެއް ކަމުގައި ފަރުބަދަތައް ލެއްވިމަށް އަންގަވާފައިވޭ. سبحان الله

    7
    1