ފަލަސްތީނަށް ނިސްބަތްވާ އަންހެނަކު އެއްމާބަނޑު ހަތަރު ކުދިން ވިހައިފިއެވެ.

ގުދުސް ނިއުސް ނެޓްވޯކްއިން ބުނީ ފަލަސްތީން އަންހެނަކު އިސްރާއީލުން ހިފާފައިވާ ގުދުސްގެ އަލްމަކާސިދު ހޮސްޕިޓަލުގައި އެއްމާބަނޑު ހަތަރު ކުދިން މިއަދު ވިހައިފައިވާ ކަމަށެވެ.

ގުދުސް ނެޓްވޯކްއިން ވަނީ އެ ހަތަރު ކުދިންނާއި އަދި އެ އަންހެން މީހާ ވިއްސުމުގައި ހަރަކާތްތެރިވަމުން ދިޔަ ޑޮކްޓަރުންނާއި ނަރުހުންނާއެކު އަދި އާއިލާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކޮށްފައެވެ.

އެ ފޮޓޯއިން ފެންނަނީ ހަތަރު ކުދިންގެ ތެރެއިން ތިން ކުއްޖަކު ނޫ ކުލައިގެ ރަޖާއާއެކު ބޭބީ ކެރިއާގެ ތެރޭގައި ބާއްވާފައި އޮންނަ ތަނެވެ. އަދި އެއް ކުއްޖަކު އޮތީ ފިޔާތޮށި ކުލައިގެ ރަޖައެއް ގައިމަތީގައި ބޭއްވުމަށްފަހު ބޭބީ ކެރިއާގެ ތެރޭގައި ބާއްވާފައެވެ. އެ ކެރިއާގައިވެސް ޓައިއެއް ޖަހާފައިވެއެވެ.

އެހެންކަމުން ބޮޑަށް ބެލެވެނީ އެއީ ތިން ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖެއް ކަމަށެވެ.

މި ކުދިންނާއި އަދި އަންހެން މީހާގެ ހާލަތެއް ނޭނގެއެވެ. އަދި ފަލަސްތީންގެ މީޑިއާކުން އިތުރު ވާހަކައެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް ފަލަސްތީންގައި އެއްމާބަނޑު ހަތަރު ކުދިން ވިހާފައި ވެއެވެ. އެގޮތުން 2014 ގައި ޣައްޒާގައި އަންހެނަކު ވަނީ އެއްމާބަނޑު ހަތަރު ކުދިން ވިހައިފައެވެ.