ޔޫރަޕާއި އެމެރިކާ އަދި ކެނެޑާ ހިމެނޭ ދިފާއީ ޖަމިއްޔާ ނޭޓޯއަށް ސްވިޑަން ވައްދަން ތުރުކީން އެންމެ ފަހުން އެއްބަސްވެއްޖެ ކަމަށް ބުނެފިއެވެ.

ސްވިޑަންއިން ނޭޓޯއާ ގުޅިގެން ނިންމީ ރަޝިއާއިން ޔުކްރޭންއަށް އަރައިގަތުމާ ގުޅިގެން އެ ގައުމުގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ބުނެއެވެ.

ނަމަވެސް ފަހަކަށް އައިސް ތުރުކީގައި ހިނގަމުންދާ މުސްލިމުންނާއި ދެކޮޅު ހާދިސާތަކާއި ގުޅިގެން ސްވިޑަން ނޭޓޯއަށް ވައްދަން ތުރުކީން ދަނީ ދެކޮޅު ހަދަމުންނެވެ.

އެގޮތުން މި އަހަރުގެ ކުރީކޮޅު ސްވިޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީގެ އެމްބަސީގެ ބޭރުގައި ކުރި މުޒާހަރާއެއްގެ ތެރެއިން ގުރުއާން އެންދި ހާދިސާ ފާހަގަކޮށްލެެވެއެވެ. އެކަމާއި ގުޅިގެން ސްވިޑަން އާއި ތުރުކީގެ ގުޅުން ގޯސްވެ ނޭޓޯއަށް ނުވައްދާނެކަމަށް ތުރުކީން ދިޔައީ ބުނަމުންނެވެ.

އެކަން އެހެން އޮއްވައި މިދިޔަ ބޮޑު އީދު ދުވަހު ސްވިޑަންގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެން އިރާގުގެ ސަލްވަން މޮމިކާ ގުރުއާން ސްވީޑަންގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި ގުރުއާން އެންދި މައްސަލައާއި ގުޅިގެން ތުރުކީގެ ރުޅި ވަނީ އިތުރަށް ފަޅައިގެންގޮސްފައެވެ.

ނަމަވެސް ނޭޓޯގެ ޗީފް ޖެންސް ސްޓޮލްޓެންބާގު ވިދާޅުވީ ސްވިޑަން ނޭޓޯއަށް ވައްދަން މިހާރު ތުރުކީން އެއްބަސްވެފައިވާ ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން ތުރުކީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ސްވިޑަންއަށް ނެޓޯގެ މެމްބަރުކަން ދޭން ތުރުކީގެ ޕާލަމަންޓްގެ ރުހުން ވެސް ފާސްކުރަން ޖެހޭނެއެވެ. އެހެންވެ އަދި ތުރުކީން އެކަމަށް ރަސްމީކޮށް އެއްބަސްވެ ހުށަހެޅުން ހުށަހަޅާނެ ދުވަހެއް ނޭނގެ އެވެ.

ތުރުކީން ސްވިޑަން ދެކެ ރުޅިއަރާ އަނެއް ސަބަބަކީ ތުރުކީން ނިރުބަވެރިންގެ ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެގައުމުގެ ޕީކޭކޭއަށް ސްވިޑަންއިން ރައްކާތެރިކަން ދިނުމެވެ. ނަމަވެސް ސްވިޑަންއިން ބުނާގޮތުން މިހާރު ވަނީ ޕީކޭކޭއާ ދެކޮޅަށް މަސައްކަތް ކުރަން މިހާރު ވަނީ ގަވައިދުތައް ވެސް ބަދަލުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަލީމްބައި

    އުރުދުއާން އަކީ ވެސް އަހަރެން ހީކުރިކަހަލަ ގަޓް މީހެއްނޫން ދޯ. ވޯޓް ހޯދަން ޖެހި މަޅިއެއްދޯ. ހުޅަގުގެ ދަށުވެފައި މާ ބޮޑަށް ތިހިރީ. އިއްޔެ ރޝިޔާ ގެ އެއްބަސްވުމާ ހިލާފަށް ޔޫކްރެއިން ސިފައިން ދޫ ކޮށްލީ މިހާރު ތި އެއްބަސްވަނީ

    1
    4
  2. ޖުހާ.

    ދެފުއްކެހެރި މުނާފިގެއް. މީނަވަރު މީހަކު ނެތިގެން މިރާއްޖޭގައިވެސް ބަޔަކު ތެޅިބާލާ.

    3
    4