އިނގިރޭސިވިލާތުގެ ނަރުހަކު ހަތް ތުއްތު ކުދިން މަރާލިކަން ސާބިތު ވެއްޖެއެވެ.
ލޫސީގެ މައްސަލަ ފުލުހުން ބަލަން ފެށީ އޭނާ މަސައްކަތް ކުރި ހޮސްޕިޓަލެއްގައި ދުވަސް ނުފުރާ ވިހާ ކުދިން މާ ގިނައިން މަރުވުމާއި އެ ކުދިން މަރުގެ ތުންފަތް މައްޗަށް ހުށަހެޅޭލެއް ގިނަވާން ފެށުމުން ނެވެ.
ލޫސީ އެ ތުއްތު ކުދިން މަރާލީ ގަދަކަމުން ކިރާއި އިންސިއުލިން ފަދާ މާއްދާތައް ހިމެނޭ އިންޖެކްޝަންވެސް ދީގެންނެވެ.
ލޫސީގެ މައްޗަށް ކުށް ސާބިތުވާކަން ކަނޑައެޅުމާއެކު އޭނާ ވަނީ ގިސްލާފައި ރޮއެފައެވެ.
ހަމަ އެހެންމެ ލޫސީގެ މަންމަ ވެސް ވަނީ އޭނާގެ ދަރިފުޅު އެފަދަ ކުށެއް ކުރިކަން ގަބޫލު ކުރަން ވެސް ދަތިކަމަށް ބުނެފައެވެ.
ލޫސީގެ މައްޗަށް ކުށް ސާބިތުވި އިރު އޭނާ އިތުރު ތުއްތު ކުދިން މެރި ކަމުގެ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. އެހެން ނަމަވެސް އެކަން އަދި ސާބިތެއް ނުކުރެވެއެވެ.
ލޫސީ އެހާ ގިނަ ކުދިން މެރިއިރު ރެއަކާ ނުލުމުން ގިނަ ބައެއްގެ ފާޑުކިއުން ހޮސްޕިޓަލަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ރަވީ ޖަޔަރަމް ވިދާޅުވީ އެ މަރުތައް ހިނގައިދިޔަ ގޮތް އެނގުމުން ޝޮކެއް ލިބޭނެ ކަމަށެވެ.
އެ މަރުތަކުގެ މައްސަލަ ހޫނުވެ އިނގިރޭސިވިލާތުގެ ސަރުކާރުން މިހާރު ވަނީ މިނިވަން އިންކުއަރީއެއް ހެދުމަށް ވެސް ގޮވާލައިފައެވެ.
ލޫސީގެ މައްޗަށް ހުކުމް ކުރުން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.
ތަހުޒީބު ކަމަށް ދައުވާކުރާ ފަރަންޖީންގެ އަސްލު ސޫރަ ތިއަފެންނަނީ.
ތަހުޒީބު ކޮންމެ ގައުމެއްގައިވެސް މިކަހަލަ ނުލަފާ މީހުން އުޅޭނެ، އަހަރުމެން ދިވެހިން މީމާ ރަނގަޅު ބައެއްނޫން.
ޖަސްޓް އަ ނޯމަލްޑޭ އިން ދަ ޔޫކޭ. ހައިރާނެއް ނުވޭ.
އިންގިރޭސިންގެ އިސްތިއުމާރީ ދުވަސްވަރު އޭސިޔާގެ ގައުމުތަކުން ކިތަށް މިޙުންނާއި ކުދިން މަރާލިބާ؟ އިގިރޭސިންނަކީ ލޭބޯ ޑުރެކިއުލާތަކެއް!
ނަފުސާނީ ކުއްޖަކާ ވައްތަރު
ކޮން ނަފްސާނީއެއް. ހަމަ ނުލަފައީ
މިގޮލައަށް ކިޔަވާދިން މީހަކު ހޯދަންވީ