އދ. ގެ އެންމެ ބާރު ގަދަ އަދި އެންމެ ވާދަވެރި ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއެއް ހޯދަން އިންޑިއާ އިން އަމާޒު ހިފައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރް ވިދާޅުވީ އދ. ގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގައި އިސްލާހް ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"ސެކިއުރިޓީ ކައުންސިލް އިސްލާހު ނުކޮށްފި ނަމަ ކަންތައްތަކުގެ ހައްލު ހޯދަން މީހުން ދާނީ އެހެން ދިމަ ދިމާލަށް. އޭރުން މާ ރަނގަޅެއް ނުވާނެ." ޖައިޝަންކަރް ވިދާޅުވިއެވެ.
ޖައިޝަންކަރް ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތައް އެ ކައުންސިލުގައި ނުހިމެނޭ އިރު، އެފްރިކާގެ 54 ގައުމެއްވެސް އެ ކައުންސިލުގައި ނުހިމެނޭ ކަމަށެވެ. އެހެންކަމުން މިކަންތައްތައް އިސްލާހު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގެ ޖީ-20 ރިއާސަތުގެ ބޭނުމަކީ ބައިބައިވުންތައް ނައްތާލައި، ހުރަސްތައް ނައްތާލުމަށާއި، އެއްބައިވަންތަކަމުގެ މައްޗަށް އެއްބައިވަންތަކަން އުފެދިފައިވާ ދުނިޔެއެއް އުފެއްދުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. ޖީ-20 ގެ ރިއާސަތުގެ ހައިސިއްޔަތުން ވައުދުވީ، ހުރިހާ އަޑެއްވެސް އަހައި، އަދި ހުރިހާ ގައުމެއްގެބައިވެރިވެވުން ވެސް އޮތުމެވެ.

ޖައިޝަންކަރް ވިދާޅުވި ގޮތުގައި އިންޑިއާގެ ދައުރު ނިމޭއިރު، 125-130 ގައުމަކުން ގާތްގަނޑަކަށް ލައްކައެއްހާ މަންދޫބުން ތިއްބަވައިގެން، ގައުމުގެ އެކި ކަންކޮޅުތަކުގައި، އިންޑިއާގެ 60 ސިޓީއެއްގައި 200 އަށްވުރެ ގިނަ ބައްދަލުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިޔަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އައިއެސްއާރޮއޯ)ގެ ޗަންދްރަނާރާޔަން-3 މިޝަނާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ ހަނދުގެ އަނދިރި ފަރާތް ބަލާލުމަށްފަހު މިހާރު އިރާއި ދިމާލަށް ދަރުކުރަމުންދާ "އަދިތިޔާ އެލް1" އާއި ބެހޭގޮތުން G-20 އަދި ބްރިކްސް ސަމިޓުގައި އިންޑިޔާއަށް ތައުރީފް ލިބިފައިވާ ކަމަށެވެ.

އިންޑިޔާއަކީ ޖައްވީ އިންޑަސްޓްރީގައި ރެކޯޑްތައް މުގުރައި އެހެން ގައުމުތަކަށް ނުހޯދޭހާ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ގައުމެކެވެ. އެގޮތުން އެގައުމަކީ ސޯލާރ ސިސްޓަމްގެ ޕްލެނެޓް މާރސްގެ އޯރބިޓަށް ކާމިޔާބުކަމާއިއެކު ޖައްވީ އުޅަނދެއް ފޮނުވާލި ފުރަތަމަ ގައުމެވެ. އަދި އެއް ފަހަރާ އެކި ސައިޒުގެ އެންމެ ގިނަ ސެޓެލައިޓް ލޯންޗުކުރި ގައުމުވެސްމެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހަންމަދު

    އދ ގެ ނޭޝަނަލް ސެކިއުރިޓީ ކައުންސީލް އެއް ނޯވޭ.

  2. ނަނަނަ

    ނުލިބޭނެ..

    • އަހަންމަދު

      ކަށަވަރު ކަމެއް. ވުޖޫދުގަ ނެތް އެއްޗެއް ހޯދަންއުޅުނަކަސް ނުލިބޭނެތާ!