ސްޕައިސްޖެޓްގެ ފްލައިޓެއްގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައިވާ ކަން ފާހަގަވުމާ ގުޅިގެން އެ ފްލައިޓު އެމަޖެންސީގައި އިންޑިއާގެ ކޮލްކަޓާ ނެތާޖީ ސުބާޝް ޗަންދުރަ ބޯސް އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސައިފިއެވެ.

ފްލައިޓް އެސްޖީ-515 ކޮލްކަޓާ އެއާޕޯޓުން މުމްބާއީއަށް ފުރީ މިއަދު ހެނދުނު 6:17 ގައެވެ.

މި ހާދިސާ ހިނގިއިރު، ބޯޓުގައި 176 ފަސިންޖަރުންނާއި ހަ ކެބިން ކްރޫން ތިބިއިރު ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަތިންދާބޯޓު ވަނީ ރައްކާތެރިކަމާއެކު އެ އެއާޕޯޓުގައި ޖައްސާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާގެ ސަބަބުން ބޯޓުގައި ތިބި މީހުންގެ މެދުގައި ބިރުވެރިކަން އުފެދިގެން ގޮސްފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ބޯޓު ދަތުރު ކުރަމުން ދަނިކޮށް ކެބިން ކްރޫންނަށް ވަނީ ފްލައިޓުގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައި ހުރިކަން އެނގިފައެވެ.

އަދި ކްރޫން ވަގުތުން އެކަން ޕައިލެޓްގެ ސަމާލުކަމަށް ގެނައެވެ. އަދި އެއްވެސް ހިރާސްއެއް ނުނަގައި ޕައިލެޓް ވަނީ ނޭތާޖީ ސުބާޝް ޗަންދުރަ ބޯސް އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލަށް ގުޅައި، އެމަޖެންސީކޮށް އެއެއާޕޯޓު ޖެއްސުމުގެ ހުއްދައަށް އެދިފައެވެ.

ހުއްދަ ލިބުމާއެކު ޕައިލެޓް ވަނީ މަތިންދާބޯޓު އަނބުރާ އެ އެއާޕޯޓްގައި ޖައްސާފައެވެ. ފަސިންޖަރުން ސަލާމަތުން ފޭބިއިރު، ބޯޓުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތައް ވަނީ ނިންމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 1111

    ވާހަކަ ނިމުނީ

    • އަހަންމަދު

      މިއީ ދޮގު ޚަބަރެއް. ބިއްލޫރިގަޑެއް ނުތެޅޭ!

  2. އަމާޒު

    އަހައްމަދާ ނޫސްރަނގަޅައް ކިޔާލިންތަ އެއޮތީނުން ބޯޓުނައްޓާލިފަހުން ކުރޫންނައް ބޫޓުގެބިއްލޫރިގަނޑެއް ތަޅައިގެންގޯއްސަ ހުރިކަން ފާހަނގަ ކުރެވުނުކަމައް ދުއްވަދުއްވާ ހުއްޓަތަޅައިގެން ދިޔަވާހަކައެއް ނެތެއްނު