ހަމާސްގެ ހަނގުރާމަވެރިން ބޯޑަރު ހުރަސްކޮށް އެތައް ހާސް ރޮކެޓްތަކެއް ފޮނުވާލުމާއެކު "ހަނގުރާމައިގެ ކުއްލި ނުރައްކަލުގެ ހާލަތު" އިސްރާއިލުން އިއުލާންކޮށްފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ "އިސްރާއީލުގެ ސަރަހައްދަށް ގިނަ އަދަދެއްގެ ޓެރަރިސްޓުން ވަދެފައިވާ" ކަމަށާއި ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ގޭތެރޭގައި ތިބުމަށް އަންގާފައިވާ ކަމަށެވެ.
ހަމާސް ޖަމާއަތުން މިއަދު ދުވަހުގެ ހެނދުނު ދިން ކުއްލި ހަމަލާއެއްގައި ޣައްޒާ ސަރަހައްދުން އިސްރާއީލަށް އެތައް ހާސް ރޮކެޓުން ވަނީ ހަމަލާދީފަ އެވެ.
މީސްމީޑިއާގެ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުތަކުގައި އަލިފާން ރޯވެ އިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު، އިސްރާއީލުގެ އެމްބިއުލާންސް ސާވިސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާތަނަށް އެއް އަންހެނަކު މަރުވެ 100 މީހަކު ޒަހަމްވެފައިވެ އެވެ.
މީސްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަނީ ހަމާސްގެ ހަނގުރާމަވެރިން ކުދި ދޯނިފަހަރު ބޭނުންކޮށްގެން އިސްރާއީލަށް ވާސިލްވާން މަސައްކަތް ކުރާތަނެވެ.
އަދި ސެކިއުރިޓީ ކެމެރާތަކުން ނަގާފައިވާ ފޫޓޭޖްތަކުން ފެންނަ ގޮތުގައި އެމީހުން އިސްރާއީލްގެ އެކި ހިސާބުތަކަށް ވަންނަނީ ޕިކަޕް ޓްރަކާއި ސައިކަލުތަކެއްގައެވެ.
އިސްރާއީލުގެ ދެކުނާއި މެދުތެރޭގައި ވައިގެ ހަމަލާތަކުގެ ސައިރެންތައް ޖަހާފައިވާއިރު، ޓެލް އަވީވް، އަޝްކަލޯން، ޔަވްނޭ އަދި ކްފާރު އަވީވް ސިޓީތަކުގައި ގޮވުންތައް ހިނގާފައިވެއެވެ.
އިސްރާއީލުގެ މަގޭން ޑޭވިޑް އަޑޮމް ރެސްކިއު އެޖެންސީން ބުނީ، އިސްރާއީލުގެ ދެކުނުގެ އިމާރާތެއްގައި ރޮކެޓެއް ޖެހި، އުމުރުން 70 އަހަރުގެ އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
އެހެން ތަނެއްގައި ރޮކެޓް ޝްރެޕްނެލް ޖެހިގެން 20 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އިސްރާއީލުން ބުނީ އެކަމާއި ގުޅިގެން ޣައްޒާގެ އަމާޒުތަކަށް ހަމަލާދޭ ކަމަށާއި އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ވަނީ "ހަމާސް ޖަމާއަތުން ވަރަށް ބޮޑު އަގެއް ދައްކާނެ" ކަމުގެ އިންޒާރު ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިކިލީކްސް

    ގިނަ ބަޔަކު މިހާރު އިޒުރޭލު އެއާޕޯޓުގަ.... ގައުމު ދޫކޮށް އެމެރިކާއަށާ އިގިރޭސިވިލާތަށް ދިޔުމަށް. ފަލަސްތީނު މީހުންގެ ފަރާތުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި އިޒުރޭލު މީހުން މިހާރު އެއާޕޯޓު ފުރާލައިފި... ދަނީ ނޭޓޯގެ ގައުމުތަކަށް ރައްކާތެރިކަން ހޯދަންވެގެން ... ބައެއްމީހުން ޑަސްބިންތައް އުފުލާ ޓުރަކު ކޮންޓޭނަރުތަކުގެ ތެރޭގައި / ކުނިތަކުގެ ތެރޭގައި ފިލައިގެން އެބަތިބި.

    14
    1
  2. Anonymous

    ފަލަސްތީނުގައި އިސްރާއީލު ކިޔާ ސަރަހައްދެއް ނޯނާނެ، ފަލަސްތީން ބިމަށް އަތްގަދަ ކޮށްގެން އުޅެނީ ޒަޔަނިސްޓް ޓެރެރިސްޓް ޔަހޫދީ ގުރޫޕެއް ، މިގުރޫޕް ފަލަސްތީނު ބިމުން ދުރުކޮށްލަންޖެހޭ !

    26
  3. އަވަށުމީހުން

    ހިޒްބުއްލާއިން ވެސް ހަނގުރާމައިގައި ބައިވެރިވިކަން ހާމަކޮއްފި

    19
  4. ޢަހިމަދު

    ސާބަސް ހަމާސް ހިފަހައްޓާލަ ޔަހޫދީން އިނދަޖެހެންދެން