އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ފެށުމަކީ ހަމާސްއަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށާއި އޭގެ ބަދަލު ހިފާނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލްގެ ޑިފެންސް މިނިސްޓަރ ބުނީ އިޒްރާއީލާއި ފަލަސްތީނު ހަނގުރާމައިގެ ތެރެޔަށް ވަދެ އިސްރާއީލާއި ދެކޮޅަށް ނުކުތުމަކީ ހަމާސް ޖަމާއަތަށް ކުރެވުނު ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި އިސްރާއީލުން މަރުވި މީހުންގެ ބަދަލު ހިފާނެ ކަމަށާއި ފަލަސްތީނު މީހުން ހަނގުރާމައިގައި ބަލި ކުރާނެ ކަމަށް އެގައުމުން ބުނެއެވެ.

އަލްޖްޒީރާ އަށް މަޢުލޫމާތި ދިން އިސްރާއިލްގެ މީހަކު ބުނެފައިވަނީ މިހަމަލާ ތަކަކީ ހަމައެކަނި ހަމަލާތަކެއްގެ ކަމަށް ވިސްނައިގެން ތިބުމުގެ ފުރުސަތެއް ނެތް ކަމަށާއި މިއީ ފަލަސްޠީނުގެ ހަމާސްގެ ޓެރަރިސްޓު ހަމަލާތަކާއި ހަނގުރާމައެއްގެ ފެށުން ކަމަށެވެ. އަދި ތެލްއަވީވް ގައި ތިބި އެންމެންވެސް މިހާރު ތިބީ ވާނުވާ ނޭނގޭ ފަދަ ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.

މިއަދަކީ އެމީހުންގެ ދީނީ މުނާސަބަތަކާއި ގުޅިގެން ބަންދު ކޮށްފައިވާ ދުވަހެއް ކަމުން ޓީވީ ޗެނަލް ތަކުންވެސް މަޢުލޫމާތު ފޯތުކޮށްދިނުމަށް ދަތިވެފައި ވާކަމަށެވެ. އަދި އޭނާ އުންމީދު ކުރަނީ ފަލަސްޠީނުގެ ހަމަލާތަކަށް އިސްރާއިލް ސިފައިން ދޭ ރައްދު ޖަވާބަކީ ގެއްލުން ދެނިވި، އަދި އެމީހުން އުންމީދު ވެސް ނުކުރާ ފަދަ ޖަވާބަކަށް ވާނެ ކަމަށެވެ.

ހަމާސްއިން އިސްރާއީލަށް މިއަދު ހެނދުނު ހަމަލާ ދޭން ފަށާފައިވާއިރު، މިހާރު އެގައުމުގެ ގަޑިން މެންދުރު ވަނީއެވެ. މިވަގުތާއި ހަމައަށް ހަމާސްއިން ވަނީ އިސްރާއީލަށް 7000 އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ދީފައެވެ. އޭގެ ތެރެއިން 5000 ރޮކެޓް ހަމަލާއަކީ 20 މިނެޓް ތެރޭގައި ހަމާސްއިން ފޮނުވާފައިވާ ރޮކެޓް ހަމަލާތަކެވެ.

ފްރާންސުން ވަނީ މިހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ފްރާންސްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލަށާއި އިސްރާއީލުގެ މީހުން އުޅޭ ސަރަހައްދަށް ދެމުން އަންނަ ނިރުބަވެރި ހަމަލާ ހަރުކަށި އިބްރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެކަމުގައި އިސްރާއީލަށް ވެވެން އޮތް އެހީއެއް ވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަބުނީ

    ކޯންޗެކޭ ކިޔާކަށް؟؟؟ މުޖާހިދުންނޭ މިފަހަރު ވާނެ ކުޅިސަމާ ދައްކާލަން..ނަތަންޏާހޫގެ ކޮއިލު ގުޑުގުޑު އަޅުވާލަން ވާނެ..