އިސްރާއީލުން ލުބުނާނަށް ހަމަލާތައް ދޭން މިއަދު ފަށައިފިއެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ލުބާނަށް ހަމަލާތައް ދޭން ފެށީ އެ ގައުމުން، އިސްރާއީލަށް އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލުމުންނެވެ. ފަލަސްތީން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ވަނީ ލުބުނާންގެ ޖަމާއަތްތަކުން އިސްރާއީލާ ދެކޮޅަށް ހިންގާ އޮޕަރޭޝަންގައި ބައިވެރިވެ، އިސްރާއީލަށް ހަމަލާ ދިނުމަށް އެދިފައެވެ.

މި ހަމަލާތަކާ ގުޅިގެން އެއްވެސް ތަނަކަށް ގެއްލުމެއް ވި ކަމެއް އަދި މީހަކަށް އަނިޔާވި ކަމެއް އަދި ނޭނގެއެވެ.

"އިސްރާއީލްގެ އަސްކަރިއްޔާ އިން މިކަމާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައި އިސްރާއީލްގެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ސަރަހައްދީ ލެވެލްއެއްގައި ފޯރުކޮށްދޭނަން،" އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

ރޮއެޓާސް އިން ބުނީ ލުބުނާނުން ފޮނުވާލި ހަމަލާއެއް އިސްރާއީލްގެ މިލިޓަރީ ޕޯސްޓަކަށް އަމާޒުވެފައިވާ ކަމަށެވެ.