ލުބުނާންގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިން އިސްރާއީލަށް އަމާޒުކޮށް ހަމަލާ ދޭން ފަށައިފިއެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އެންމެ ފުރަތަމަ އިސްރާއީލަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ ލުބުނާނުންވެ. އެހެންވެ، ލުބުނާން އާއި އިސްރާއީލް އާ ގުޅޭ ސަރަހައްދު ކައިރި އަށް ރައްދު ހަމަލާތަކެއް ދީފައިވާނެ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި ހަމަލާ ދީފައި ވަނީ ހަނގުރާމަވެރިން ތިބޭ ޕޯސްޓުތަކަށެވެ. އެ ހަމަލާގެ ވީޑިއޯއެއް އިސްރާއީލުން ވަނީ މިހާރު އާންމުކޮށްފައެވެ.

އިސްރާއީލާއި ލުބުނާންގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިން ބުނާ ގޮތުން ނަމަ، ހިޒްބުﷲ އިން އިސްރާއީލް އަށް ހަމަލާތައް ދޭ ނަމަ، މިއީ އިސްރާއީލަށް ލިބޭނެ އިތުރު ގެއްލުމެކެވެ. އޭގެ ސަބަބުން އިސްރާއީލުން އިތުރު ދިމާލެއްގައި ހަނގުރާމަ ކުރަން ޖެހި، އިތުރު އުނދަގުލަކާ ކުރިމަތިވާނެ ކަމަށް ނޫސްވެރިން ބުނެއެވެ.

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިން މިހާރު ވެސް ގެންދަނީ ފަލަސްތީންގެ ޣައްޒާ އަށް ބޮން އަޅަމުންނެވެ. އަދި ޣައްޒާގެ ބޯޑަރު ކައިރީގައި ހަމާސްގެ މުޖާހިދުންނާއި އިސްރާއީލް ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ. ހަމައެއާ އެކީގައި، ފަލަސްތީންގެ ހުޅަނގު އައްސޭރީގައި ފަލަސްތީން ރައްޔިތުންނާއި އިސްރާއީލް ސިފައިންނާ ދެމެދު ދަނީ ހަމަނުޖެހުންތައް ހިނގަމުންނެވެ.

ފަލަސްތީން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ވަނީ އިސްރާއީލާ ދެކޮޅަށް އެ ޖަމާއަތުން ކުރަމުން އަންނަ މަސައްކަތުގައި ލުބުނާންގެ ގްރޫޕްތަކުން ވެސް ބައިވެރިވުމަށް ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލީބުނީ

    ހާދަ އުފާވެރި ހަބަރެކޭ. ޓެރަރިސްޓް އިޒްރާއީލް ޖަމާއަތް ތަޅާ ސުންނާފަތި އަރުވާލާ އެމީހުންގެ އަސްލު ސައިޒް އެމީހުނައް ކިޔާދޭންވާނެ މިފަހަރު.. ﷲއަކްބަރް

    128
    1
  2. Anonymous

    ﷲތަޢާލާ!ވޮޑިގެންވަނީތެދުމިމުސްލިމުމުންނާއެކުގާ!އިސްރާއީލުހަލާކުކުރައްނެތިކުރައްވާދޭވެ!އާމީން!

    107
    2
  3. އަބޫބަކުުރު އިބުރާހިމް

    ސާބަހޭ މުސްލިމް ދަރިންނޭ

    108
  4. އަޅާ

    މާތްﷲގެ ތަނަވަސް ހެޔޮރަހްމަތްފުޅާއެކު ހަރުބީ ޔަހޫދީންގެ މައްޗަށް ފަލަސްޠީނުގެ ލޮބްވެތި މުސްލިމް އަޚުންނަށް ނަސްރާއި ކާމިޔާބު މިންވަރު ކޮށްދެއްވާށި! އާމީން

    62
    3
  5. Anonymous

    ހަރުބީބޮޑުކާފަރުންތަޅާމަރާހުސްކުަރައްވާ!ﷲއަރާދަފުޅުންމުސްލިމުންނަށްގަދަކަންކަންދެއްވާއިސްރާއީލުބަލިކުރައްވާދޭވެ (އާމީން!)

    18