މިއީ ޣައްޒާއަށް ދެމުން ގެންދާ ހަމަލާ ތަކުގެ ފެށުން ކަމަށް ޔަހޫދީ ދައުލަތުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ އެހެން ބުނެފައިވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނެފައިވަނީ އެމީހުންގެ ލޯބިވާ މީހުން މަރުވެފައިވާ އާއިލާތަކާއި ބައްދަލުކޮށް ވާހަކަ ދައްކާފައިވާނެ ކަމަށާއި، "ދުޝްމަނުންގެ އަނިޔާވެރި އަމަލުތައް އިސްރާއީލުން ދުވަހަކުވެސް ހަނދާން ނުނެތޭނެ" ކަމަށެވެ.

އަދި އެމީހުން ދަނީ ދުޝްމަނުންނަށް މީގެ ކުރިން ނުދޭހާ ވަރުގަދަ ހަމަލާތައް ދެމުން ކަމަށާއި މިއީ އަދި ފެށުން ކަމަށް އޭނާ ބުނެފައިވެއެވެ.

"މިއަދު ހުރިހާ އެންމެންނަށްވެސް އެނގޭ އަހަރެމެން މި ހަނގުރާމަ ކުރަނީ އަހަރެމެންގެ ވަޒަނަށްޓަކައި ކަން، އަދި އަހަރެމެން މިދަނީ ސިންގާތަކެއް ހެން ހަނގުރާމަ ކުރަމުން." ފަލަސްތީނުގެ ބިމަށް ވެރިވަގެނެ، އުފައްދާފައިވާ ޔަހޫދީ ދައުލަތުގެ ވެރިޔާ އިތުރަށް ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ ހަމާސް ސުންނާފަތިކޮށްލާނެ ކަމަށާއި، ޔަހޫދީންނަށް ކާމިޔަާބު ލިބޭނެ ކަމަށެވެ. ނަމަވެސް އެކަމަށް ވަގުތު ނަގާނެ ކަމަށްވެސް ނަތަންޔާހޫ ބުނެފައި ވެއެވެ.

އޭގެ އިތުރުން އިސްރާއީލަށް ބައިނަލްއަގުވާމީ ބޮޑު ތާއީދެއް އޮތްކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާއަށްފަހު، އިސްރާއީލުން ޣައްޒާއަށް މެދު ނުކެނޑި ހަމަލާ ދެމުން އަންނަ އިރު މިހާތަނަށް ޣައްޒާގެ 1900 އެއްހާ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

އިސްރާއީލުން ވަނީ ސަލާމަތުން ތިބެން ބޭނުންނަމަ، ރޭގެ ނިޔަލަށް ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ އެއް މިލިއަނަށް ވުރެ ގިނަ މީހުން އެހެން ހިސާބުތަކަށް ބަދަލުވާން އަންގައި އިންޒާރު ދީފައެވެ. އިސްރާއީލުގެ އިންޒާރާއި އެކު ބައެއް މީހުން ދެކުނަށް ދަތުރު ކުރަމުންދާ އިރު، އެމީހުންނަށްވެސް އިސްރާއީލުން ދަނީ ހަމަލާ ދެމުންނެވެ. އެގޮތުން ދަތުރު ކުރަމުން ދިޔަ 70 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.

އިސްރާއީލުގެ އަސްކަރީ ޓޭންކުތަކާއި އެކު ސިފައިން ޣައްޒާގެ ފެންސުގެ ބޭރުގައި ތިބި އިރު، އެ މީހުން ދަނީ އެއްގަމު މަގުން ޣައްޒާއަށް އެރުމަށް ތައްޔާރު ވަމުންނެވެ. އަދި މިހާރުވެސް ބައެއް ސިފައިން ޣައްޒާއަށް ވަދެ ރެއިޑްތައް ހިންގާފައިވާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޝަހީދުން

    ބިމުންނުކުމެބަލަާ މުޅިދުނިޔެ މިއޮތީބަލަން ހަމާސް އިން ކަލޭމެންގެ ލަޝްކަރުު ޗިސްޗިސް ކުރާނެ 2006ގައި ހިޒްބުﷲހުންް ކުރިގޮތައް ބޮޑު ރަނޑުން ނަށްކެރޭނީ ހަމައެކަނި މަތިންބޮންއޮޅަން

    31
    0
  2. އަހްމަދު

    ﷲގެ އިރަދާފުޅުން ކަލޭގެ ނިމުން ވަރަށް ހިތިވެފައި މަރުގެ ވޭން ބޮޑުވާނެ!!!

    44
    0
    • ކަމަނަ

      އާމީން

  3. މުޙައްމަދު

    ކީރިތި ﷲ ތި ޖަނަވާރު ބައިގަނޑުގެ ނިމުން ހިތި ކުރައްވާނދޭވެ. އާމީން

    23
    • ކަމަނަ

      އާމީން

  4. ޕޫޓިން

    އެކަމް އަދި ފެންނަނީ ޔަހޫދީ ބާޒްތަކެއް ސިންގާތަކެއްނަމަ ބިންމަތިން ޙަމަލާދޭން އަންނާނީ އޭރުން އެނގޭނެ ތީ ސިންގާތަކެއްތޯ ނޫނީ މުސަޅުތަކެއްތޯ

  5. އަހްމަދު

    އެއްމެ އާދައިގެ ރޮކެޓް ހުރި ބަޔާކާ ތި ކުރިމަތިލަނީ އެއްމެފަހުގެ ޒަމާނީ ހަތިޔާރާއެކު. ކިރިޔާވެސް ހިއްވަރެއް ހުރިއްޔާ އީރާން ކަހަލަ ގައުމަކާ ކިރިޔާވެސް ބެހިލަބަލަ... ލޮނު ދައްކާލާނަން... މުޅި އިޒްރޭލް އަޅިޔަށް ހަދާލާނަން.

    7
    1
  6. އަޙްމަދު

    ސިންގާ އަކީ ތިހާ ފިނޑި އެއްޗެއް ނޫން. ކެރިގެން މުޖާހިދުއްނާ ކުރިމަތި ލަބަލަ . ނިކަމެތި ކަލޭގެ ކަމާނުބެހޭ އާންމުއްނަށް ހަމަލާދީފަ މިބުނަނީ ސިންގާއެއްހެއްނޭ

  7. ބެއްޔާ

    ޔާﷲ! މިނުބައި ޝައިތޯނާގެ ދުލަށް ނުބައި ސޫތްޕެއް ފާކުރައްވާފަދޭނވެ.