ލުބްނާނުން ދިން ހަމަލާއެއްގައި ޔަހޫދީއަކު މަރާލައިފިއެވެ.

ލުމްބާނުން ހަަމަލާ ދީފައި ވަނީ ލުބްނާނުން އުތުރުގެ ބޯޑަރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ޝްތޫލާއާ ދިމާލަށެެވެ.

ޗެނަލް 12 ނިއުސް އިން ބުނީ އެ ގައުމުން ފޮނުވާލާފައި ވަނީ އެންޓި ޓޭންކް މިސައިލެއް ކަމަށެވެ.

ޔަހޫދީ ދިފާއީ ބާރުތަކުން ބޯޑަރު އަވަށަށް މާޒުކޮށް ދިން ބަޑީގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ލުބުނާނުގެ އަމާޒުތަކަށް ހަމަލާދެމުން އަންނަ ކަމަށެވެ.

ޑޮކްޓަރުން ބުނީ ލުބުނާނުގެ ބޯޑަރުގައި އޮންނަ އުތުރުގެ އަވަށެއް ކަމަށްވާ ޝްތޫލާއަށް ދިން މިސައިލް ހަމަލާއެއްގައި އެކަކު މަރުވެ އިތުރު ތިން މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

މެޖެން ޑޭވިޑް އަޑޮމް އެމްބިއުލާންސްގެ ހިދުމަތުން ބުނި ގޮތުގައި މަރުވެފައި ވަނީ 40 އަހަރުގެ ފިރިހެނެކެވެ.

އެމްޑީއޭއިން ބުނީ އަނިޔާވި ފަސް މީހަކު ނަހާރިޔާގައި ހުންނަ ގަލީލީ މެޑިކަލް ސެންޓަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.