ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގައި ޔަހޫދީ އިސްރާއީލްގެ އިތުރު ތިން ފުލުހަކު މަރާލައިފިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ދެކުނުގައި ހަމާސްއާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަރުވި އިތުރު ތިން އޮފިސަރެއްގެ ނަން އެ ގައުމުގެ ފުލުހުން މިއަދު ވަނީ އާއްމުކޮށްފައެވެ.

މިއާއެކު މި ހަނގުރާމައިގައި މަރުވި ފުލުހުންގެ އޮފިސަރުންގެ އަދަދު ވަނީ 54 އަށް އަރައިފިއެވެ.

މިއަދު އިސްރާއީލްގެ ތިން ސިފައިންގެެ އޮފިސަރަކު މަރުވެފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ. މިއާއެކު މި ހަނގުރާމައިގައި މަރުވި ސިފައިންގެ އޮފިސަރުންގެ އަދަދު ވަނީ 291 އަށް އަރައިފައެވެ.

އެހެންކަމުން މިހާރު އެ ގައުމުގައި ޖުމްލަ މަރުވި ޔަހޫދީންގެ އަދަދު 1400 އަށް ވަނީ އަރައިފައެވެ.

ހަމާސްގެ މި ހަމަލާތަކުގައި 3،842 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

ޔަހޫދީން މިހާރު ތައްޔާރުވަމުން އަންނަނީ ޣައްޒާއަށް ބޮން އެޅުމުގެ އިތުރުން ކަނޑު މަގުންނާއި އަދި އެއްގަމު މަގުން ވެސް ހަމަލާތައް ދިނުމަށެވެ. މިހާރު ޢައްޒާގެ ހާލަތު ވަރަށް ގޯހެވެ، އެ ގައުމުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 2،500 އަށްވުރެ މައްޗަށް އަރާފައެވެ.

ޔަހޫދީން ދަނީ ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ ރައްޔިތުން އެތަން ދޫކޮށް ދިއުމަށް އަންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާޅު ބާޒުު

    ޔާﷲ! ފަލަސްޠީނުގެ ކޮންމެ ޙަމަލާއަކީީ އިނބަ އިލާހުގެ ގަދަފަދަ ހިއްޕެވުމެއް ކަމުގައި ޔަހޫދީންނަށްް ދައްކަވައިފާންދޭވެ... އާމީން