ބޭންކް އޮފް ޗައިނާގެ ކުރީގެ ޗެއާމަން ލިއު ލިއަންގޭ ރިޝްވަތު ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން މިއަހަރުގެ މާޗް މަހާ ހަމައަށް ސަރުކާރު ހިއްސާވާ ބޭންކުގައި އިސްކޮށް ހުންނެވި ލިއު ހައްޔަރުކުރީ ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ލޯނު ދިން ކަމުގެ ތުހުމަތުގައެވެ. ލިއު ހައްޔަރުކޮށްފައި މިވަނީ ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން އޭނާ ވަކިކުރިތާ ހަފުތާއެއްހާ ދުވަސް ފަހުންއެވެ.

ސެންޓްރަލް ކޮމިޝަން ފޯ ޑިސިޕްލިން އިންސްޕެކްޝަނުން ލިއުގެ މައްޗަށް ވަނީ ގާނޫނާ ހިލާފަށް ލޯނު ދިނުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތާއި އެހެނިހެން އިނާޔަތްތައް ބަލައިގަތުން ފަދަ ގާނޫނާ ހިލާފު ގިނަ ކަންތައްތަކެއް ލިއުގެ މައްޗަށް ކޮށްފައެވެ. ލިއު ވަނީ މީގެ ކުރިން ޗައިނާގެ މަރުކަޒީ ބޭންކާއި، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ.

ޗައިނާގެ ކުރީގެ ޗެއާމަން ލިއު ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު، ޗައިނާ ލައިފް އިންޝުއަރެންސްގެ ކުރީގެ ޗެއާމަން ވަންގް ބިން މިދިޔަ މަހު ވަނީ ރިޝްވަތުގެ ގޮތުގައި 325 މިލިއަން ޔުއާން (44.6 މިލިއަން ޑޮލަރު) ބަލައިގަތުމުގެ ކުށް ސާބިތުވެ ޕެރޯލާ ނުލައި އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.