ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކުގައި އިސްރާއީލްގެ އިތުރު އަށް ސިފައިން މަރާލައިފިއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ދެންމެ ބުނީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީންގެ ހަމާސް ޖަމާއަތުން ދެމުން އަންނަ ހަމަލާތަކުގައި އިސްރާއީލް އަސްކަރިއްޔާގެ އިތުރު އަށް ސިފައިން މަރާލި ކަން ކަށަވަރުކޮށްދީފައެވެ. އަދި އެމީހުންގެ ނަންތަކާއި ރޭންކުތައް ވެސް އިސްރާއީލުން ހާމަކޮށްފައިވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް އައިއިރު، އިސްރާއީލްގެ 299 ސިފައިން ވަނީ މަރާލައިފައެވެ.

މަރާލި މީހުންގެ ތެރޭގައި ފަސްޓް ސާޖެންޓުންނާއި މާސްޓާސް ސާޖެންޓުންނާއި މޭޖާއަކާއި ވޮރަންޓް އޮފިސަރެއް ވެސް ހިމެނެއެވެ. އިސްރާއީލުން ހާމަކޮށްފައިވާ ގޮތުގައި މަރާލާފައި ވަނީ 48 އަހަރުގެ މީހަކާއި 51 އަހަރުގެ މީހަކާއި 61 އަހަރުގެ މީހަކާއި 39 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެކެވެ. އިސްރާއީލުން ބުނާ ގޮތުގައި މީގެތެރެއިން ގިނަ މީހުން މަރާލީ ޣައްޒާ ބޯޑަރު ކައިރީގައި ހަރަކާތްތެރިވަނިކޮށެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް އައިއިރު، 1،400 އަށް ވުރެ ގިނަ ޔަހޫދީން ވަނީ މަރާލައިފައެވެ. މި ހަމަލާތަކުގައި 4،000 އާ ގާތް ކުރާ އަދަދަކަށް މީހުން ޒަހަމްވެފައިވާ ކަމަށް ވެސް އިސްރާއީލުން ބުނެއެވެ. އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަނީ 300 އަށް ވުރެ ގިނަ މީހުންނަށެވެ. އަދި 90 މީހެއްގެ ހާލު ވަރަށް ސީރިއަސްއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާޅު ބާޒު

    ޔަހޫދޫ ދައުލަތް ވުޖޫދުން ފޮހެލާ..

    54
    1
  2. އަޝްރަފް

    ﷲ އަކުބަރު

    55
    1
  3. ސަދޫމު ސިޓީ

    ޢިންޑިޔާ ޗެނަލްތަށް ނުދެއްކޭގޮތައް ހަދަންވީ އިންޑިޔާއަކީ ހަމަ ސީދާ ފާޅުގަ އިޒުރައިލް އައް ތާއީދު ކުރާބައެތް

  4. ތުނިޔަ

    ﷲ އަކުބަރު އިރާދަކުރެއްވިއްޔާ މިދުނިޔެއިން އިޒުރޭލު ނެތިދިއުން އެދި ދުޢާކުރަން