ފަލަސްތީންގެ ހަމާސް ޖަމާއަތުގެ ހަމަލަތާކައި ގުޅިގެން އިސްރާއީލްގެ ބައި މިލިއަން މީހުން މަގުމަތިވެއްޖެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ހަމާސް ޖަމާއަތުން އެ ގައުމަށް ދިން ހަމަލާއަށް ފަހު ގާތްގަނޑަކަށް ބައި މިލިއަން އިސްރާއީލު މީހުން ހަމަަލާތައް އަމާޒުވަމުންދާ ސަރަހައްދުތަކުން ނެރެފައިވާ ކަމަށެވެ.

"ސަރުކާރުގެ އެންގުމާ އެއްގޮތަށް ޣައްޒާގެ ވަށައިގެންވާ ހުރިހާ މުޖުތަމައުތަކެއް މިހާރު ވަނީ ހުސްކޮށްފައި. ކޮމްބެޓް ޒޯން ކައިރީގައި އާންމުން ތިބެން ބޭނުމެއް ނުވޭ،". އޮންލައިން ބްރީފިންއެއްގައި އައިޑީއެފްގެ ތަރުޖަމާނު ޖޮނަތަން ކޮންރިކަސް ވިދާޅުވިއެވެ.

މި މީހުންގެ ތެރޭގައި ގެދޮރު ގެއްލުނު މީހުންނާއި، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރި މީހުންވެސް ހިމެނެއެވެ.

އިސްރާއީލުން ގެދޮރު ގެއްލިފައިވާ ފަސް ލައްކަ މީހުންގެ ތެރޭގައި ލުބުނާނުގެ އުތުރުގެ ބޯޑަރުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ވެސް ހިމެނެއެވެ.

ހަމާސްގެ އިތުރުން ހަނގުރާމަވެރި އެހެން ޖަމާއަތެއް ކަމަށްވާ ހިޒްބުﷲއާ އިސްރާއީލާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. މިގޮތުން ހިޒްބުﷲއިން ހަފުތާ ބަންދުގައި ދިން މިސައިލް ހަމަލާތަކުގައި އިސްރާއީލުގެ އާންމު މީހަކާއި ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ.

ހަމާސް އާ އިސްރާއީލްގެ މި ހަނގުރާމައާ ގުޅިގެން އިސްރާއީލުން މަރުވި މީހުންގެ އަދަދު ވަނީ 1،400 އަށް އަރައިފައެވެ.

ހަމާސްއިން ކުއްލިއަކަށް ދޭން ފެށި މި ހަމަލާތަކާއި ގުޅިގެން އިސްރާއީލުން ޣައްޒާއަށްވެސް ވަރުގަދަ ހަމަލާތަކެއް ދަނީ ދެމުންނެވެ. މި ހަމަލާތަކުގައި ޣައްޒާގެ އެތެރޭގައި މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ. އަދި ޝަހީދުވި މީހުންގެ އަދަދު 2،800 އަށް ވަނީ އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހައްމަދު

    الحمد لله، الحمد لله، الحمد لله

    32
    1
  2. އަހްމަދު

    ވަރަށް ރަނގަޅު!!! ފަސޭހަކަމާއި އެކު ނޫޅެވޭވަރު ކުރަންވީ!

    34
  3. دنديدي

    الحمده

    2
    1
  4. ޝްރޭ

    الحمد لله، الحمد لله، الحمد لله