23:59

ރަޝިއާއިން މޮސްކޯގައި ހަމާސްގެ އިސް ލީޑަރުންނާއި ބައްދަލު ކުރި މައްސަލައިގައި އިސްރާއީލުން ނުރުހުން ފާޅު ކޮށްފި.

އެގޮތުން އިސްރާއީލުން ބުނެފައިވަނީ ހަމާސް އަކީ ނިރުބަވެރި ޖަމިއްޔާއެއް ކަމަށާއި އެއީ އައިއެސްއަށް ވުރެ ނުބައި ޖަމިއްޔާއެއް ކަމަށް. އަދި ހަމާސްގެ އިސް މީހުންގެ އަތުގައި 1،400 އަށްވުރެ ގިނަ އިސްރާއީލް މީހުންގެ ލޭ ހޭކިފައިވާ ކަމަށާއި ހަމާސްއިން އިސްރާއީލްގެ އެތައް ބަޔަކު ކަރުބުރިކޮށް މަރާލާފައިވާ ކަމަށް.

މީގެ އިތުރުން އެތައް އިސްރާއީލް ބަޔަކު ރަހީނު ކުރުމުގައި ވެސް އެމީހުންގެ އަތެއް ވާ ކަމަށް ބުނެ އިސްރާއީލުން ވަނީ މޮސްކޯއިން ހަމާސްގެ ލީޑަރުން ބޭރު ކުރުމަށް ގޮވާލާފަ.

23:54

އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި ޝަހީދުވި، ފަލަސްތީނުގެ ރައްޔިތުންގެ ވަނަވަރު ހެލްތް މިނިސްޓްރީން އާންމު ކޮށްފި.

ހެލްތް މިނިސްޓްރީން ވަނީ 7،028 ރައްޔިތުންގެ ވަނަވަރު ހާމަ ކޮށްފަ. އޭގެ ތެރޭގައި 2،913 ކުޑަކުދިން ހިމެނޭ.

23:52

އިސްރާއީލުގެ ޔަހޫދީ ސިފައިންނާއި ހިނގި ކުރިމަތި ލުމެއްގައި ލިބުނު އަނިޔާތަކުގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ވެއްޖެ.

މީގެ ދުވަސްކޮޅެއް ކުރިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިންނާއި ހިނގި ކުރިމަތި ލުމުގައި އިސްރާއީލުން ވަނީ މުހައްމަދު އަހުމަދު ގަބާ ނަމަކަށް ކިޔާ އެ ޒުވާނާއަށް ވަރަށް އަނިޔާ ކޮށްފަ.

 

23:29

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފަންޑް ރެއިސް ކުރުމަށް ބްރިޖިން ކޮމިއުނިޓީސް އޮފް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން "ފަލަސްތީނަށް އެހީވަމާ" ގެ ނަމުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓް ފަސްކޮށްފި.

ބީސީއެމްގެ "ފަލަސްތީނަށް އެހީވަމާ" އިވެންޓް ފަސް ކޮށްފި

22:48

ޣައްޒާގެ ހާލަތު މިހާރު އޮތީ ވަރަށް ވެސް ނުރައްކާތެރި މިންވަރެއްގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި.

ޣައްޒާގެ ހާލަތު މިހާރު އޮތީ ނުރައްކާތެރި މިންވަރެއްގައި- ސިއްހަތު ޖަމިއްޔާ

22:12

އިސްރާއިލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން އިސްރާއީލާއި ގުޅުން ކަނޑާލަން ސްޕެއިންގެެ މިނިސްޓަރަކު ޔޫރަޕިއަން ޔޫނިއަންއަށް ގޮވާލައްވައިފި.

އީޔޫއިން އިސްރާއީލާ ގުޅުން ކަނޑާލަން ސްޕެއިންގެ މިނިސްޓަރަކު ގޮވާލައްވައިފި

21:33

އިސްރާއީލާއި ހަމާސް ޖަމާއަތާއި ކުރެވެމުން އަންނަ ހަނގުރާމައިގެ ތެރޭގައި ޣައްޒާއިން ޝަހީދުވާ މީހުންގެ އަދަދާއި މެދު އެމެރިކާގެ ރައީސް، ޖޯ ބައިޑެން ސުވާލު އުފައްދައިފި.

ޣައްޒާއިން ޝަހީދުވާ މީހުންގެ އަދަދާއި މެދު ބައިޑެން ސުވާލު އުފައްދައިފި

20:39

އިސްރާއީލުން ދިން ހަމަލާއެއްގައި ހަމާސްގެ އިންޓެލިޖެންސްގެ ޑިރެކްޓޮރޭޓްގެ ޑިޕިއުޓީ ހެޑް ޝަހީދު ވެއްޖެ ކަމަށް އިސްރާއީލުން ބުނެފި.

19:52

ކޭކް ޑޯނާސްގެ ފަރާތުން އަނެއްކާ ވެސް ފަލަސްތީނަށް އެހީވުމުގެ ގޮތުން ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފި.

"ހެލްޕް ފަލަސްތީން މާކެޓް"ގެ ނަމުގައި ކޭކް ޑޯނާސްގެ ދެވަނަ ހަރަކާތެއް ބާއްވަނީ!

19:41

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފަންޑް ރެއިސް ކުރުމަށް ބްރިޖިން ކޮމިއުނިޓީސް އޮފް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން "ފަލަސްތީނަށް އެހީވަމާ" ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ނިންމައިފި.

ބީސީއެމްގެ ފަރާތުން "ފަލަސްތީނަށް އެހީވަމާ"ގެ ނަމުގައި ހަރަކާތްތަކެއް ބާއްވަނީ

19:29

އިސްރާއީލުގެ ޔަހޫދީން ޣައްޒާއަށް ދިން ހަމަލާތަކުގައި އިސްރާއީލުގެ 50 މީހަކު މަރުވެފައިވާ ކަމަށް ހަމާސް ޖަމާއަތުން ބުނެފި.

ޣައްޒާއަށް ދިން ހަމަލާތަކުގައި އިސްރާއީލްގެ 50 މީހަކު މަރުވެއްޖެ

19:20

ޤަތަރުގައި ތިބެގެން އިސްރާއީލަށް ޖާސޫސް ކޮށްދިން އިންޑިއާގެ އަށް މީހަކު މަރަން އެގައުމުގެ ކޯޓުން ހުކުމް ކޮށްފި.

އިސްރާއީލަށް ޖާސޫސު ކޮށްދިން އިންޑިއާގެ އަށް މީހަކު މަރަން ހުކުމް ކޮށްފި

19:07

އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ލޭ ބޭނުންވެފައިވާ މީހުންނަށް ލޭ ހަދިޔާ ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ހޮސްޕިޓަލްތަކަށް ދާން ފަށައިފި.

19:01

އިސްރާއީލުގެ ޔަހޫދީން އެމީހުންގެ ބައެއް ބޮލަށް ޑްރޯންއެއް ވައްޓާލައިފި.

ޔަހޫދީން، ޔަހޫދީން އަމިއްލަ ބޮލަށް ޑްރޯން އެއް ވައްޓާލައިފި

18:17

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ޔަހޫދީން ލުބްނާންގެ ދެކުނު ސަރަހައްދަށް މިސައިލް ހަމަލާތަކެއް ދީފި.

އިސްރާއީލުން ލުބުނާނަށް ހަމަލާ ދީފި

16:53

(މާލެ ޕިކަޕް ދިރުން 5050)ގެ ޑްރައިވަރުން އާއި އިންޓަނޭޝަނަލް އެއިޑް ކެންޕޭނާއި (އައިއޭސީ) އާއި ގުޅިގެން ފަލަސްތީނު ރައްޔިތުންނަށް ފަންޑް ރައިސް ކުރުމުގެ އިވެންޓަކާއި އެކު މާލެ ސަރަހައްދުގައި ބޮޑު ޕިކަޕް ބުރެއް ބޭއްވުމަށް ނިންމައިފި.

މާލެ ޕިކަޕް ދިރުން ފަލަސްތީނާ އެކު

16:39

ޚާން ޔޫނިސްއަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 30 އަށް އަރާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި.

ރިޕޯޓްތަކުން ބުނާ ގޮތުގައި އިސްރާއީލުން ދިން އެހަމަލާގައި ހަ ގެއެއް ވަނީ ސުންނާފަތިވެފައި.

16:38

އިސްރާއީލާއި ހަމާސް ޖަމާއަތުން ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން ޒަހަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިސްރުން ތިން ހޮސްޕިޓަލެއް އަޅަން ފަށައިފި.

ޣައްޒާ ރައްޔިތުންނަށް އެހީވުމަށް މިސްރުން ތިން ހޮސްޕިޓަލް އަޅަނީ

16:26

ހުޅަނގު އައްސޭރީގައި ހިނގި ރޭޑޭއްގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް އިސްރާއީލުން ބުނެފި.

އިސްރާއީލުން ބުނި ގޮތުގައި ރޭ ހިންގި މި ރޭޑުގައި 60 މީހަކު ވަނީ ހައްޔަރު ކޮށްފަ. އޭގެ ތެރޭގައި 46 މީހަކީ ހަމާސް ޖަމާއަތުގެ މީހުން ކަމަށް ތުހުމަތު ކުރެވޭ ކަމަށް އިސްރާއީލުން ވަނީ ބުނެފަ.

16:24

އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާއަށް ލިބުނު ގެއްލުންތަކުގެ ސެޓެލައިޓް ފުޓޭޖް
އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާއަށް ލިބުނު ގެއްލުންތަކުގެ ސެޓެލައިޓް ފުޓޭޖް
އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާއަށް ލިބުނު ގެއްލުންތަކުގެ ސެޓެލައިޓް ފުޓޭޖް
އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގެ އިމާރާތެއް ވެއްޓިފައި
އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގެ އިމާރާތެއް ވެއްޓިފައި
އިސްރާއީލުން ހަމަލާތަކުގެ މަންޒަރު
އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގެ އިމާރާތެއް ވެއްޓިފައި
އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގެ އިމާރާތެއް ވެއްޓިފައި
އިސްރާއީލުން ދިން ހަމަލާތަކުގައި ޣައްޒާގެ އިމާރާތެއް ވެއްޓިފައި

 

16:23

އަލްޖަޒީރާ ނޫސްވެރިޔާގެ ޖަނާޒާ - ފޮޓޯ އަލްޖަޒީރާ
އަލްޖަޒީރާ ނޫސްވެރިޔާގެ ޖަނާޒާ - ފޮޓޯ އަލްޖަޒީރާ
އަލްޖަޒީރާ ނޫސްވެރިޔާގެ ޖަނާޒާ - ފޮޓޯ އަލްޖަޒީރާ
އަލްޖަޒީރާ ނޫސްވެރިޔާގެ ޖަނާޒާ - ފޮޓޯ އަލްޖަޒީރާ

16:22

ޚާން ޔުނިސް ސިޓީއަށް އިސްރާއީލުން ވައިގެ ހަމަލާއެއް ދީފައިގާ ކަމަށް އަލްޖަޒީރާއިން ބުނެފި.

16:21

ހަމާސް ޖަމާއަތުން ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލު މީހުންގެ އަދަދަކީ 224 ކަމަށާއި އެ އަދަދު އިތުރަށް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އެންމެ ފަހުން ނެރުނު އަޕްޑޭޓްގައި ބުނެފި

16:21

ޑޮކްޓަރަށް އާއިލާ ޝަހީދުކޮށްލި ހަބަރު ލިބުނީ ހޮސްޕިޓަލުގައި ހުއްޓާ، ހިތްހުއްޓުނު ކަހަލަ ވަގުތުކޮޅެއް!

 

ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިމަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތަކާއި ގުޅިގެން އިސްރާއީލާއި ހަމާސް ޖަމާއަތުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓުމެއް ނެތި މިއަދާއި ހަމައަށް ކުރިއަށްދާއިރު، މިއީ ފަހުގެ ތާރީހެއްގައި ވެސް ހަމާސްއިން އިސްރާއީލާއި ދެކޮޅަށް ދިން އެންމެ ވަރުގަދަ ހަމަލާއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ޔަހޫދީން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ހަމާސް ޖަމާއަތުން އިސްރާއީލަށް ހަމަލާތަކެއް ދެމުން އަންނައިރު، އިސްރާއީލުން ވެސް ވަނީ ހަމާސް ޖަމާއަތް ނައްތާލުމަށް ހަމަލާތައް ވަރުގަދަކޮށް، ކުށެއް ނެތް އެތައް ބަޔަކު ޝަހީދު ކޮށްލާފައެވެ.

މީގެ ކުރިން އިސްރާއީލުން އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާތައް ދިނުމުގެ ކުރިން، އާންމުން ދިރިއުޅޭ ގެތަކުގެ މައްޗަށް "ސިގްނަލެއް" ދިނުމުގެ ގޮތުން ބޮން އަޅައެވެ. ނަމަވެސް ފަހުން ފަހަކަށް އައިސް، އެފަދަ އިންޒާރެއް ނުދީ، އިމާރާތްތައް އެއްކޮށް ސުންނާފަތި ކޮށްލައެވެ.

މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުގެ 1،500 އާއި ގާތްކުރާ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު، ޣައްޒާގެ 7،000 އަށްވުރެ ގިނަ މީހަކު ވަނީ މި ހަނގުރާމައިގެ ތެރޭގައި ޝަހީދުވެފައެވެ.

ހަނގުރާމަ ހުއްޓިދާނެ ކަމުގެ މަލަމަތި އަދި ފެންނަން ނެތްއިރު، އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތި ކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހުރަސް އަޅާފައެވެ. ޣައްޒާގައި ހުންނަ ހަމައެކަނި އިންޖީނު ގެއަށް ބޭނުންވާ ތެޔޮ ފޯރުކޮށް ނުދީ، ހޮސްޕިޓަލްތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ބޯފެން ލިބުމުގެ ދަތިކަން ވެސް މިހާރު ޣައްޒާއަށް ވަނީ ކުރިމަތިވެފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޮލޯކޯސްޓާ

    އިޒުރެލު މޮންސުޓާޒް ކިތަންމެ ރުޅިއަޔަސް ތީ ފަލަސްތީނުގެ ބިން. ޖައްބާރު ޓެރަރިސްޓު އެމެރިކާގެ އެހީގަ އަރައިގަނެން. ޥެރިވެގަނެގެން މީހުންތައް މަރަނީ. ޢދ ކިތައް ގަރާރު ނެރުނުތަ ތި ބުމުން އިޒުރޭލު މޮންސުޓާޒް ފޭބުމަށް. އަންގާ އަންގާ ވެސް ނުފޭބި. އިޒުރޭލު މީހުން ދާންވީ އެމެރިކާއަށް. ދާންވީ އެމެރިކާއަށް