(މާލެ ޕިކަޕް ދިރުން 5050)ގެ ޑްރައިވަރުން އާއި އިންޓަނޭޝަނަލް އެއިޑް ކެންޕޭނާއި (އައިއޭސީ) އާއި ގުޅިގެން ފަލަސްތީނު ރައްޔިތުންނަށް ފަންޑް ރައިސް ކުރުމުގެ އިވެންޓަކާއި އެކު މާލެ ސަރަހައްދުގައި ބޮޑު ޕިކަޕް ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ޕިކަޕު ބުރު ފެށުމަށް ހަމަ ޖެހިފައިވަނީ މާދަމާ (27 އޮކްޓޫބަރ 2023 ވާ ހުކުރު ދުވަހު) ހަވީރު 16:00 ގައި މާފަންނު ސޯޝަލް ސެންޓަރު ސަރަހައްދުން ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ. "ވަގުތު" އަށް މައުލޫމާތު ދެއްވަމުން 5050 މާލެ ޕިކަޕްގެ ދިރުމުގެ ސީއީއޯ އާރިފް މުހައްމަދު ބުނީ، ފަންޑް ރައިސް ކުރުމަށް މިހާރު ވެސް ފަންޑް ފޮށި ހުރީ ހުޅުވާލެވިފައި ކަމަށެވެ. އަދި އެމީހުންގެ ސެންޓަރުގައި ވެސް ފަންޑް ފޮއްޓެއް ބެހެއްޓިފައިވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް މާދަމާގެ ޕިކަޕު ބުރު ކުރިއަށްދާއިރު އާންމުންނަށް ފަންޑް ފޮއްޓަށް އެހީ ފޯރުވޭނެގޮތައް އިންތިޒާމް ހަމަޖެހިފައިވާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އޮންލައިންކޮށް ވެސް ފައިސާގެ އެހީ ފޯރު ކޮށްދިނުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވާ ކަމަށް އާރިފް ބުންޏެވެ.

އެފަރާތުން ވަނީ މި ޕިކަޕް ބުރުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވި، ފަލަސްތީނާއި އެކީ ތިބިކަން ދައްކުވައި، އެރައްޔިތުންގެ ހައްގުގުގައި ނުކުތުމަށް އެދިފައެވެ.

ފަލަސްތީނުގައި ޔަހޫދީން ހިންގާ އިންސާނިއްޔަތާއި ހިލާފު ބޮޑު ގަތުލް އާންމުގައި މިހާތަނަށް 7000 މީހުން ވަނީ ޝާހީދުކޮށްލާފައެވެ.