ފަލަސްތީނުގެ ޣައްޒާ ސިޓީ އަކީ މިހާރު "ހަނގުރާމައިގެ މައިދާނެއް" ކަމަށް ބުނެ ނިރުބަވެރި އިސްރާއީލްގެ ދިފާއީ ވުޒާރާއިން ފަލަސްތީނަށް އިންޒާރު ދީފިއެވެ.
އިސްރާއީލުން މި ފަހުން ވަނީ ޣައްޒާއަށްދޭ ހަމަލާތައް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. އަދި ޣައްޒާއަށް ހަމަލާތައް ދިނުމަށް ރޭ އެކަނި 100 އާ ގާތް ކުރާ އަދަދެއްގެ އަސްކަރީ ޖެޓް ބޭނުންކޮށްފައިވެއެވެ.
އަދި ޣައްޒާގެ އެތަން މިތަނަށް ބޮން އަޅާފައިވާއިރު، އެއްގަމު މަގުންވެސް ޣައްޒާއަށް އަރާ ރޭ ހަމަލާތައް ދީފައި ވެއެވެ.
ނިރުބަވެރި އިސްރާއީލްގެ ދިފާއީ ބާރުތަކުން ޣައްޒާ ސިޓީގެ ރައްޔިތުންނަށް ދިން އިންޒާރުގައި ބުނެފައި ވަނީ ފަލަސްތީނުގެ ސަރަހައްދުގައި ހަމާސްއާ ދެކޮޅަށް އިސްރާއިލުން ވައިގެ ހަމަލާތައް ވަރުގަދަ ކުރަމުން އަންނައިރު، އެ ސަރަހައްދަކީ މިހާރު "ހަނގުރާމައިގެ މައިދާނެއް" ކަމަށެވެ.
"ޣައްޒާގެ ރައްޔިތުންނަށް: ޣައްޒާގެ ގަވަރުނަރޭޓް (ޣައްޒާ ސިޓީ) ވަނީ ހަނގުރާމައިގެ މައިދާނަކަށް ވެފައި. ޣައްޒާގެ އުތުރުގެ ތަންތަނާއި ޣައްޒާގެ ގަވަރުނަރޭޓްގެ ހިޔާތައް ރައްކާތެރި ނޫން،"
މިގޮތުން ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ވައްޓާލި ލީފްލެޓްތަކުގައި އަސްކަރިއްޔާއިން ވަނީ، ޣައްޒާގެ ދެކުނުގެ "ވަގުތުން ހުސްކުރުމަށް" ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.
ދެކެންތިބޭށެވެ އިންޝާﷲ ތިޔަ ބޮޑާކަމާ އަނިޔާވެރިކަން ފިސާރި ހިތި ގޮތަކަށް ނިމިދާނެ.
ﷲ. އެއިލާހަށް އަޅުކަން ކުރާ މުސްލިމުން ނިކަމެތި ނުކުރައްވާނެކަން ކަށަވަަރެވެ.
ޯ
އަނިޔާވެރި ޔަހޫދީއްނަށް ދުނިޔެވެސް ނުލިބި ނުވިތާކަށް އާޚިރަތްވެސް ނުލިބޭ