ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ޓޭލް އަލް-ހަވާ ސަރަހައްދުގައި ހުންނަ އަލް-ޤުދުސް ހޮސްޕިޓަލުގެ އައިސީޔޫއަށް ހަމަލާތަކެއް ދީފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރި އިސްރާއީލުގެ ސިފައިން އެހޮސްޕިޓަލުގެ އައިސީޔޫއަށް ހަމަލާދީފައިވަނީ އަސްލު ވަޒަން ބޭނުން ކޮށްގެންނެވެ.

މިހަމަލާގައި އެއްވެސް ކުއްޖަކަށް އަނިޔާވި ކަމެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓްތަކުން ބުނާ ގޮތުގައި އެ ހޮސްޕިޓަލުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ތުއްތު ކުދިންނަށް އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

ޤުދުސް ހޮސްޕިޓަލުގެ އައިސީޔޫއަށް އަމާޒުކޮށް ނިރުބަވެރިން ހަމަލާތަކެއް ދީފައިވާއިރު، މިއަދު ނިރުބަވެރިންގެ ހަމަލާތައް އެއްކޮށް ގޮތަކަށް އަމާޒުކޮށްފައިވަނީ ޣައްޒާގެ ހޮސްޕިޓަލްތަކަށްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ހަމަލާތަކުގެ ސަބަބުން ބައެއް ހޮސްޕިޓަލްތަކުގެ ހިދުމަތްތައް އެއްކޮށް ގޮތަކަށް ހުއްޓި، ޑޮކްޓަރުން ކުރިމަތީ ހޮސްޕިޓަލްތަކުގެ ކޮރިޑޯތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ.