އިންޑިޔާގެ ހައިވޭއެއް ހަދަން ކޮންނަމުން ދަނިކޮށް ޓަނަލެއް ވެއްޓި 40 މީހަކު ތާށިވެ ފުރާނައަށް ވަނީ ނުރައްކާވެފައެވެ.

ހުރިހާ މޫސުމެއްގައި ވެސް ރައްކާތެރި ދަތުރު ގެ ގޮތުގައި ޕްރޮމޯޓުކޮށް ކުރިއަށް ގެންދާ 'ޗާރް ދާމް' ޓަނަލް ހަދަނިކޮށް އެ ވެއްޓި 40 މީހަކު ތާށިވެ ފުރާނައަށް ނުރައްކާ ވެއްޖެއެވެ.

އިންޑިއާގެ އުއްތަރްކާންދުގައި ކުރިއަށް ދާ މި މަޝްރޫގައި ތާށިވެފައި ވަނީ މަސައްކަތުގައި އުޅުނު 40 މީހުންނެވެ. އާދީއްތަ ދުވަހު ހިނގި މިހާދިސާއާ ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ ތާށިވި މީހުންނަށް އޮކްސިޖަން ފޯރުކޮށްދީގެން ފުރާނަ ސަލާމަތް ކުރެވޭތޯއެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެކިއެކި ގައުމުތަކުގެ އިންޖިނިއަރުން ހިމެނޭހެން 150 މީހަކު މެދުނުކެނޑި މަސައްކަތް ކުރަމުން ދާ ކަމަށް އިންޑިއާގެ އިދާރާތަކުން ބުނެއެވެ.

އިންޑިއާގެ ޑީޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޑިރެކްޓަރު ރަންޖީތް ސިންގާ ބުނެފައި ވަނީ، ތާށިވެފައިވާ މީހުނާ ހަމައަށް ސަލާމަތީ މަސައްކަތް ކުރާ މީހުންނަށް އަދި ނުފޯރާ ކަމަށެވެ. ނަމަވެސް އެމީހުން ދިރި ތިއްބާ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ. އަދި މިއަދު ނޫނީ މާދަމާ ހިސާބުގައި އެމީހުންނާއި ހަމައަށް ވާސިލު ވެވޭނެ ކަމުގެ ޔަގީން އެބަ އޮތްކަމަށެވެ.

އެތަނުގައި ތާށިވެފައި ތިބި މީހުންނަށް ޕެކް ކޮށްފައި ހުރި ކާބޯތަކެއްޗާއި އޮކްސިޖަން ފޯރުކޮށްދެމުންދަނީ ބިންގަނޑު ތޮރުފާލައިގެންނެވެ. އެންމެންގެ ހާލުވެސް އަދި ރަނގަޅެވެ. ވޯކީ ޓޯކީ ގެ ޒަރީއާއިން އޭގެ ތެރެއިން ބައެއް މީހުންނާ މުއާމަލާތުވެސް ކުރެވޭ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

4.5 ކިލޯމީޓަރުގެ މި ހައިވޭ އަކީ އުއްތަރަކްޝީ ޑިސްޓްރިކްޓުގެ ސިލްކަޔާރާ އާއި ޔަމުނޯރިޓީ އާ ދެމެދު ގާއިމު ކުރަމުންދާ ހައިވޭއެކެވެ. ބިމު އަޑީގެ މި ހައިވޭ ނިމުމުން އެ ދެ ޑިސްޓްރިކްޓެ ގެ ދެމެދުގައި އެއްގަމު މަގުން ދަތުރު ކުރުމަށް މިހާރު ހޭދަވާ 26 ކިމޯމީޓަރު 4.5 ކިލޯމީޓަރަށް ކުރުވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮލިފުޝި

    ޗައިނާ އާއި ހަވާލުކުރިނަމަ މިހާރު ތިޓަނެލް އޮންނާނީ ނިމިފައި

  2. އިބްރާހިމް

    އިންޑިއާގެ ކުންފުނިން ރާއްޖޭގައި ހަދަންއުޅެ ނުހެދިވާ ބްރިޖްގެ މަސައްކަތް ވަގްތުން ވަގްތަށް ހުއްޓާލައި އެންމެން ސަލާމަތުން ރަށަށް ވަޑައިގަތުމަށް ހަރުއަޑުން ގޮވައިލަން. ތިޔަބޭފުޅުންނަކީ އަދި މިފަދަ ބޮޑެތި މަސައްކަތްކުރުމުގެ ޤާބިލްކަން ހުރިބައެއްނޫންކަން ތިޔަ ޤައުމުން މިފެންނަ ކަންތަކުން ހާމަވޭ.