އިންޑިއާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ސްކޫލްތަކާއި ސަރުކާރު އޮފީސްތައްވެސް ބަންދުކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ކެރެލާގެ ދެކުނު ސްޓޭޓަށް ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހެމުންދާއިރު، އެކި ސިޓީތަކުގައި އުދައެރުން ފަދަ ހާލަތްތައް ވަނީ ކުރިމަތިވެފަވެ. އެ ސްޓޭޓްގެ އުސް އަދި ތިރި ސަރަހައްދުތަކުގައި މޫސުން ގޯސްވުމުގެ ސަބަބުން ފެންބޮޑުވެފައިވާއިރު އަދިވެސް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އިތުރު ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ބޯކޮށް ވާރޭ ވެހުމުގެ އިޑުއްކީ އާއި ޕަތަނަމްތިއްޓާ ޑިސްޓްރިކްޓްގެ ފަރުބަދަމަތީ ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ގޮސްފައިވާއިރު، ތިރި ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން މީހުންގެ އާންމު ދިރިއުޅުމަށް އަސަރުކޮށްފައިވެއެވެ.

މެދުކެނޑުމެއްނެތި އިންޑިއާގެ ބައެއް ހިސާބުތަކަށް ވާރޭ ވެހެމުންދާ ދަނޑިވަޅެއްގައި އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ) އިން ޕަތަނަމްތިއްޓާ އަށް ރެޑް އެލާޓް ނެރެފައެވެ. ނެރެފައިވާ ރެޑް އެލާޓްގައި ބުނެފައިވާ ގޮތުގައި 24 ގަޑިއިރުގެ ތެރޭގައި 20 ސެންޓިމީޓަރަށް ވުރެ ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

އަދި ތްރިވަނަންތަޕުރަމަށް ކުރި ވިއްސާރައިގައި 1.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އައިއެމްޑީން ބުނެއެވެ. މި ވިއްސާރައިގެ އަސަރުކޮށްފައިވާ އަނެއް ސަރަހައްދެއް ކަމަށްވާ ކުނަތަނަމް އަށް ވެސް 1.5 މިލިޓިމީޓަރުގެ ވާރޭ ވެހުނު ކަމަށް ވަނީ ރިކޯޑްކުރެވިފައެވެ. އޭޣެ ސަބަބުން ފެންބޮޑުވެ ދަތުރުފަތުރުގެ ހިދުމަތް މެދުކެނޑިފައިވެއެވެ.

މިގެއިތުރުން އެނާޑިމަންގަލަމް، ޕީރްމަޑޭއަށް 13، 12، އަދި 11 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ކެޗްމަންޓް އޭރިއާތަކަށް މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވާ މިންވަރު އިތުރުވެ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމާބެހޭ ފަރާތްތަކުން ވަނީ އިދިއްކީ ޑިސްޓްރިކްޓްތަކުގެ ކަލާރުކުޓީ އާއި ޕަމްބްލާ ޑޭމްތަކުގެ ޝަޓަރުތައް އުފުލާފައެވެ. އަދި ފެންބޭރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ތިރުއްވަލާ އަދި ކޮންނީގެ ސަރަހައްދުގެ ދަނޑުތަކަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަވައްޓެރި ސްޓޭޓް ތަމިލް ނާޑޫގެ ބައެއް ޑިސްޓްރިކްޓްތަކަށް ވެސް ބޯކޮށް ވާރޭވެހިފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ ސްކޫލްތައްވެސް ބަންދުކުރިކަން އިއުލާންކޮށްފައެވެ. އެގޮތުން އިންޑިއާގެ 8 އަވަށެއްގެ ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.

ސަރަހައްދީ ޗެންނާއީ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ލަފާކުރާ ގޮތުގައި ނިލްގިރިސް، ކޮއިމްބަތޫރު، ތެނީ، ޑިންޑިގުލް، ސިވަގަންގައި އަދި ޕުޑޫކޮޓައި ޑިސްޓްރިކްޓްތަކަށް ބޯކޮށް ވާރޭވެހޭނެެެއެވެ. އަދި ސިވާގަންގައި، ޕުޑޫކޮއްޓައި، ރަމަނަތަޕޫރަމް، ތެނީ އިން ފެށިގެންޑިންޑިގަލް މަދޫރައި، ކޮއިމްބަތޫރު، ވިރޫދޫނަގަރުއަށް މެދުމިނުގައި ވާރޭ ވެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު