ންޑިއާގެ ސުޕްރީމް ކޯޓުގެ ފުރަތަމަ އަންހެން ފަނޑިޔާރު ފާތިމާ ބީވީ ކޮއްލަމްގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ނިޔާވެއްޖެއެވެ.

އުމުރުން 96 އަހަރުގައި އޭނާ ނިޔާވިއިރު، އޭނާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފުރަތަމަ އަންހެން ފަނޑިޔާރަކަށް ވުމުގެ އިތުރުން ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ޗެއާޕާސަންގެ އިތުރުން ފުރަތަމަ މުސްލިމް އަންހެން ގަވަރުނަރު (ޓެމިލް ނާޑޫ) ކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

ބީވީ ވަކީލެއްގެ ގޮތުގައި 1950 ވަނަ އަހަރު ނަން ނޯޓްކޮށް، ޝަރުއީ ދާއިރާއިން ކެރިއަރު ފެށީ ކެރެލާގެ ދަށު ކޯޓުތަކުންނެވެ.

ޝަރުއީ ދާއިރާގައި އޭނާ މަސައްކަތް ކުރެއްވި ތަންތަނަށް ބަލާއިރު، ކެރެލާ ސަބްބޯޑިނޭޓް ޖުޑީޝަލް ސާވިސަސްގެ މުންސިފްގެ މަގާމަށް ބީވީ 1958 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އައްޔަން ކުރެއްވިއެވެ. އަދި 1968 ވަނަ އަހަރު ސަބްޑިނޭޓް ގާޒީކަމާއި، 1972 ވަނަ އަހަރު ޗީފް ޖުޑީޝަލް މެޖިސްޓްރޭޓްގެ މަގާމާއި، 1974 ވަނަ އަހަރު ޑިސްޓްރިކްޓް އެންޑް ސެޝަންސް ގާޒީގެ މަގާމަށް އޭނާ އައްޔަން ކުރެއްވިއެވެ.

ހައިކޯޓުގެ ދާއިމީ ފަނޑިޔާރަކަށް ބީވީ ވަޑައިގެންނެވީ 14 މެއި 1984 ގައެވެ. 1989 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވި ނަމަވެސް، 1989 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންް ކުރެއްވިއެވެ. އެ މަގާމުން އޭނާ ރިޓަޔާ ކުރެއްވީ 29 އޭޕްރީލް 1992 ގައެވެ.

އޭގެ ފަހުން ބީވީ 25 ޖެނުއަރީ 1997 ގައި ޓެމިލް ނާޑޫގެ ގަވަރުނަރުގެ މަގާމަށް ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު