ޗައިނާގެ އުތުރުގައި ކުޑަކުދިންގެ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާއިރު އާދަޔާ ހިލާފު އަދި އާ ޕެތޯޖަންތަކެއް ފެނިފައި ނުވާ ކަމަށް ދުނިޔޭގެ ސިިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުގެ މެދުތެރެއިން ފެށިގެން ޗައިނާގެ ސަވައިލަންސް ސިސްޓަމްތަކުގެ ޑޭޓާތައް ޑަބްލިއުއެޗްއޯއިން ބަލަމުން އަންނައިރު، ޗައިނާގެ އުތުރުގެ ހިސާބުތަކުގައި ކުޑަކުދިންގެ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރެވިގެން ގޮސްފައި ވެއެވެ.

އދ.ގެ ސިއްހަތާ ބެހޭ އިދާރާއިން ބުދަ ދުވަހުގެ ރޭ ވަނީ އިތުރު ޑޭޓާ ހޯދުމަށް ބެއިޖިންގައި ރަސްމީކޮށް އެދިފައިވާކަން ހާމަކޮށްފައެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ނޭޝަނަލް ހެލްތު ކޮމިޝަނާއި ނޭޝަނަލް އެޑްމިނިސްޓްރޭޝަން އޮފް ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ގުޅިގެން ޗައިނާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނާއި ބެއިޖިން ޗިލްޑްރަންސް ހޮސްޕިޓަލާ އެކު ބުރާސްފަތި ދުވަހު ޓެލެކޮންފަރެންސެއް ބޭއްވި ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ލަފާދީފައި ވަނީ ބެއިޖިން އާއި ލިއޮނިންގް ފަދަ ހިސާބުތަކުގައި ނޮވެލް ޕެތޮޖަންސް ނުވަތަ އާދަޔާ ހިލާފު ކްލިނިކަލް ޕްރެޒެންޓޭޝަންތަކެއް ފެނިފައި ނުވާ ކަމަށާއި، އެހެން ނަމަވެސް ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވެފައި ވަނީ ކުރިންވެސް އެނގޭ ގިނަ ޕެތޮޖަންތަކެއްގެ ސަބަބުން ކަމަށެވެ.

"ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވުމުގެ ސަބަބުން ހޮސްޕިޓަލުގެ ކެޕޭސިޓީއަށް ވުރެ ބަލި މީހުން ގިނަ ނުވާ ކަމަށް ހާމަކޮށްފައިވޭ".

ޑަބްލިއުއެޗްއޯއިން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

އެ ޖަމިއްޔާއިން ލަފާދީފައި ވަނީ ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކަށް ޗައިނާގެ ރައްޔިތުން ތަބާވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 😡😡😡

    ހޫނ. އަނެއްކާ އަނެއް ނަމެއްދީފަ މުޅި ދުނިޔެ ލޮކްޑައުންކޮށް އެންމެން ގަޔައް ނުރައްކާތެރި ވިހަ ވެކްސިންތައް ޖަހާނީކީނޫން. ހަމަ ބަޔަކު ބަލިވާއިރަށް ޕްރޮޕެގެންޑާ ފަތުރާ މީހުން ބިރުގެންނެވުން ހުއްޓާލާ

  2. ޛސޖސކސކސ

    ތި ފޮނުވަބަލަ ނިރުބަވެރި އިސްރޭލަށް