މަރިއާނާ އައިލެންޑްސް ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ، ޕެސިފިކް ސަރަހައްދުގެ އުތުރުގެ މަރިއާނާ އައިލެންޑްސް ސަރަހައްދަށް 7.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.

މި ބިންހެލުން އައިސްފައިވަނީ 12.4 ކިލޯމީޓަރު އަޑިން ކަމަށް ޖީއެފްޒެޑް އިން ބުނެއެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު އަދި ނެރެފައެއް ނުވެއެވެ.

އަދި މި ބިންހެލުމާއި ގުޅިގެން އެއްވެސް ތަނަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓްތަކެއް ލިބިފައެެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު