ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ އެތެރޭގައި އެއްގަމު މަގުން ދެމުންގެންދާ ހަމަލާތަކުގައި ނިރުބަވެރި ސިފައިންގެ އިތުރު މީހަކު މަރާލައިފިއެވެ.

ހަމާސް ޖަމާއަތާ ދެކޮޅަށް އެއްގަމު މަގުން ދިން ހަމަލާތަކުގައި މަރުވި ސިފައިންގެ އަދަދު މިހާރު ވަނީ 116 އަށް އަރާފައެވެ.

މިގޮތުން އިސްރާއީލުގެ އަސްކަރިއްޔާއާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޣައްޒާގެ ދެކުނުގައި ހިނގި ކުރިމަތިލުންތަކުގައި ގޯލާނީ ބްރިގޭޑްގެ އިންޖިނިއަރިން ކޯޕްސްގެ ސިފައިންގެ މީހަކު މަރުވެ، ދެ އޮފިސަރުންނާއި އިތުރު ދެ ސިފައިން ވަނީ ޒަހަަމްވެފައެވެ.

ނިރުބަވެރި އިސްރާއީލުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމީހުންގެ 440 ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ.