ނިރުބަވެރި އިސްރާއީލުން، ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 18،700 އަށްވުރެ މައްޗަށް އަރައިފިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ނިރުބެރި އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 18،787 މީހުން ވަނީ ޝަހީދުވެފައެވެ.

އަދި މި ހަމަލާގައި 50،594 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

"ގިނަ އަދަދެއްގެ އަނިޔާ ލިބުނު މީހުން އަދިވެސް ތިބީ އިމާރާތްތަކާއި ދަށުގައި އަދި މަގުމަތީގައި،" ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްރާއީލުން ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިން ފެށިގެން ޣައްޒާއަށް ވައިގެ މަގުންނާއި އެއްގަމު މަގުން ބޮން އަޅައި، ވަށާލައި، އެއްގަމު ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި ޣައްޒާގެ އެތައް ތަނެއް ވަނީ ސުންނާފަތި ވެފަެއެވެ. އަދި ޣައްޒާގައި ދިރިއުޅެމުންދާ އެތައް ހާސް ބަޔަކު މަގުމަތިވެފައިވާއިރު، ކާނެ އެއްޗެއް ނުލިބި އެތައް ބަޔަކު ދިރުއުޅެން ޖެހިފައި ވެއެވެ.

އިސްރާއިލުގައި މަރުވި މީހުންގެ އަދަދު ވަނީ 2،000 އަށް އަރާނެއެވެ.