އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޮސްޓިން ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.

ޕެންޓަގަންއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮސްޓިން އެނދުމަތި ކޮށްގެން ފަރުވާދޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަނީ ކޮން ސަބަބަކާއި ހުރެ ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ. ޕެންޓަގަންއިން ހަފްތާއެއްހާ ދުވަސް ވަންދެން އޮސްޓިން އެނދުމަތި ކޮށްގެން ފަރުވާ ދެމުން އަންނަ ސަބަބު ސިއްރުކޮށްފައިވާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

ޕެންޓަގަން އިން ބުނެފައިވަނީ އޮސްޓިންގެ ހާލު ރަނގަޅުވުމާއި އެކީ އޭނާ މަގާމަށް ނުކުންނަވާނެ ކަމަށެވެ. ނަމަވެސް އަދި އޭނާގެ މަގާމުގެ ޒިންމާތަކާއި ހަވާލުވެ ހުންނެވެނީ، އޭނާގެ ޑެޕިއުޓީ، ކަތްލީން ހިކްސްއެވެ.

އޮސްޓިން އަކީ ގައުމަށް އައިސްދާނެ ނިއުކްލިޔާ ހަމަލާއަކުން ދިފާއުމަށް ލަފާދޭ، އަދި ތައްޔާރުވުމުގެ ޕްލޭންތައް ހަދަމުން ބޭފުޅެކެވެ.

އުމުރުން 70 އަހަރުގެ އޮސްޓިން އަކީ އެގައުމުގެ އަސްކަރިއްޔާގައި 41 އަހަރު ވަންދެން ހިދުމަތް ކޮށްފައިވާ ފަރާތެކެވެ. އޭނާ އަސްކަރިއްޔާއިން ރިޓަޔާ ކުރައްވާފައިވަނީ 2016 ވަނަ އަހަރުއެވެ. އޮސްޓިން އަކީ ގައުމީ ސަލާމަތުގެ ކުއްލި ބައްދަލުމެއް ބާއްވާ ފަހަރުތަކުގައި އެމެރިކާގެ ރައީސް، ޖޯ ބައިޑެންއާއި ކައިރީގައި އިންނަވާ ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޗޯރޭ

    ޑިފެންސައް ކުޅެ ކުޅެ ކުރިއެރުމެއް ނުލިބި ވަރުބަލިވެގެން

    21
  2. Anonymous

    ފަލަސްޠީނުގެ ޢާއްމު ރައްޔިތުންނާއި ޢާއިލާތައް، ކުދި ޅަދަރިންނާއި އަންހެނުން ހިމެނޭހެން ޝަހީދު ކުރަމުން ދާއިރު ތިމާމެންނަށް ދެދުނިޔޭގައިވެސް އޭގެ އަގު ދައްކަން ނުޖެހޭނެ ގޮތެއް ނޯންނާނެ. ޔާﷲ ޔަހޫދީންނަށް ވާގިވެރިވާ އެމެރިކާގެ ވެރިން ވޭންދެނިވި ހިތި ގޮތަކަށް ނެތި ކުރައްވާންދޭވެ. އާމީން

    40
    • ޢަބްދުﷲ

      އާމީން

  3. مسلم

    الحمد لله

  4. ދުށީމު

    އަލްހަމްދުލިﷲ. ނުބައިމަރަކުން މަރުގަންނަވާންދޭވެ.

  5. ދޮންތަ

    ياالله އެކަލޭގެ އެބަލިން ނުނަންގަވާންދޭވ.

  6. ރަނގަޅު

    އަލްޙަމްﷲ