ސްރީލަންކާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު މަރުވެއްޖެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ކޮލަމްބޯއާއި ކެންޑީ ގުޅޭ މައި މަގުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ލަންކާގެ ޓްރާންސްޕޯޓް ބޯޑުގެ ބަހެއް ވޭނެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި އިތުރު ވެހިކަލްތަކެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި އުމުރުން 58 އަހަރުގެ ވޭނު ދުއްވަން ހުރި މީހާ މަރުވެފައިވާއިރު، އެވޭނުން އެވަގުތު ހަތަރު މީހަކު ދަތުރު ކުރި ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އެ ހަތަރު މީހުންނަށް ވެސް އެކިވަރުގެ ޒަހަމްތައް ލިބިގެން ވަރަކަޕޯލާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގައި ރޯމޭނިއާގެ މީހަކަށް ވެސް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

މިހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ލަންކާ ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު