ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ތަރައްގީކުރީ ލޯނުނަގައިގެން ކަމަށާއި މި ސަރުކާރުން ތަރައްގީ ގެންނާނީ ލޯނު ނުނަގައި ކަމަށް ވިދާޅުވެފައި ވީނަމަވެސް މިހާރުވެސް އެތައް ލޯނެއް ނަގައިފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައި ވަނީ ގުޅިފަޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް ގާއިމް ކުރުމަށް ބައެއް ހިކުމަށް ސަރުކާރުން ބީލަމަށް ނުލައި ނެދަލޭންޑްސްގެ ކުންފުންޏަކަށް ދިނުމާއި ގުޅިގެން އެ މައްސަލައިގައި ސަރުކާރަށް އެތައް ބަޔަކު އިނގިލި ދިއްކުރަން ފެށުމުން ފިނޭންސް މިނިސްޓްރީ އިން، ބޮސްކާލިސް ކުންފުންޏާ ބީލަމަށް ނުލައި އެ މަޝްރޫއު ހަވާލުކުރީ އެގައުމުގެ އައިއެންޖީ ބޭންކުން ލޯނެއް ނަގައިގެން މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ކަމަށް ވިދާޅުވުމުންނެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ވައުދުވީ ދަރަނި ކުޑަކޮށް ތަރައްގީ ކުރުމަށް ކަމަށާއި، އެހެން ނަމަވެސް އިންޑިއާއިން 1.2 ބިލިއަން ޑޮލަރ ލޯނުގެ ގޮތުގައި ސަރުކާރުން ނަގައިފައި ވާކަމަށް ބުނެފައި ވަނިކޮށް އަނެއްކާ ނެދަލޭންޑްސް އިން 53 މިލިއަން ޑޮލަރ ނެގުމުން ސުވާލު އުފެދޭ ކަމަށެވެ.

"ދަރަނި އިތުރު ނުކޮށް ތަރައްގީ ކުރާނެ ކަމަށް ވައުދުވި ސަރުކާރު، 817 މިލިއަން މާލެ ކައިރި ހިއްކުމަށް ލޯނު. އިންޑިއާއިން 1.2 ބިލިއަން ޑޮލަރުގެ ލޯނު ހަމަޖެހިފައިވާކަމަށް ސަރުކާރުން ކުރިން ބުނިއިރު، އެފައިސާގެ މައްޗަށް ނެދަލޭންޑުންވެސް ލޯނު ނަގަނީ ތޯ؟" ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީ އިން މީގެ ކުރިން ހާމަކޮށްފައި ވާގޮތުގައި އެ މަޝްރޫއު ހިންގުމަށް ނެދަލޭންޑްސް ގެ ކުންފުންޏަަކަށް ބީލަމަށް ނުލައި ހަވާލު ކުރީ އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. އެހެން ނަމަވެސް އަވަސް މުއްދަތުގައި އެމްޓީސީސީ އިން މި މަޝްރޫ ނިންމޭނެ ކަމަށް އެކުންފުނިން ވަނި ބުނެފައެވެ.

ގުޅިފަޅު ހިއްކުން ބޮސްކާލިސްއާ ހަވާލުކުރި މައްސަލަ މިހާރު ގެންދަނީ އެމްޓިކޮރަޕްޝަން ކޮމިޝަން (އޭސީސ)ީ އިންނާއި މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން ބަލަމުންނެވެ. ފިނޭންސް މިނިސްޓްރީ އިން ބުނީ އެ މައްސަލަ އޭސީސީ އިންނާއި މާލިއްޔަތު ކޮމެޓީ އިން ބެލުމަށް މަރުހަބާ ކިޔާ ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާލަކީ

    ޙެހެ މުހުންމަދު ސައީދު ފަރީކުޅުއްވި ލާރި ކޮބާތޯ

  2. ޖައުފަރު

    ލަކީ ކަލޭމެންގެ އޯގާތެރި ސަރުކާރުން ލާރި ފަރީކުޅުއްވި މީހުން ހިފާ ހައްޔަރު ކޮށްބަލަ މިހާރު ތިއޮތީ ކަލޭމެންގެ ލާދީނީ މީހުން ކޯޓް ތަކަށް ލާފައެއްނު …. ދެން އެހެން ނޫނަސް ސައީދު ލާރި ފަރީއްކުޅުއްވީމަތަ ކަލޭމެން އިތުރަށް ލޯނު ތި ނަގަނީ ސައީދު ލާރި ފަރީއްނުކުޅުއްވިނަމަ ކެލޭމެން ލޯނު ނުނެގީސްތާ ދޯ