ތ. ވޭމަންޑޫ އިންޖީނުގޭގައި ރޯވެއްޖެއެވެ.

ވޭމަންޑޫ އިންޖީނު ގޭގައި ރޯވެ އަނދަމުން އަންނަ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

އެ ރަށު އިންޖީނު ގޭގައި ރޯވެފައި ވަނީ ކިހިނެއް ވެގެން ކަން ސާފެއް ނުވެެއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން އެ އިންޖީނު ގެ ތެރެއިން ވަރަށް ބޮޑަށް ކަޅުދުން އަރާ ތަން ފެނެއެވެ.

ރޯވި އިންޖީނުގޭގެ އަލިފާންގަނޑު ނިއްވުމުގައި މީހުން ހަރަކާތްތެރިވަނީ

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވަނީ އެތަނުގައި ރޯވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އަދި އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެެއް ހިނގައި، ބޭނުންނުކުރެވޭވަރަށް އިންޖީނުތައް އެނދުމާގުޅިގެން އެރަށުގެ ކަރަންޓުގެ ޚިދުމަތް ވަނީ ވަގުތީގޮތުން މެދުކެނޑިފައެވެ.
މިހާދިސާއާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ފެނެކާއިން ވަނީ މާފަށް އެދިފައެވެ. އަދި ކަރަންޓުގެ ޚިދުމަތް ވީއެންމެ އަވަހަށް އިއާދަކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށްވެސް ފެނެކާއިން ވަނީ ބުނެފައެވެ.