ދުފުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަރަށް އާންމު ކަމެކެވެ. ހާއްސަކޮށް އަވައްޓެރި އިންޑިއާގައި ދުފުމަށް އޮންނަ ފޯރި އެހެން ގައުމުތަކަށް ވުރެ މާގަދައެވެ. ޒަމާނަށް އައި ބަދަލާއި، އާކަންތައްތައް ތަޖުރިބާ ކުރަން މީހުން ހުންނަ ޝައުގުވެރިކަމުގެ ތެރެއިން މިހާރު އިންޑިއާ މީހުން މިގެންދަނީ އާކަމެއް ކުރަމުންނެވެ.

ދުފުން އާހަރުފަތަކަށް ގެންގޮސް، މިހާރު އިންޑިއާ މީހުން ދުފާއިރު އަނގައަށް ލަނީ އަލިފާނެވެ. މަންޒަރު ބަލާ މީހުންނަށް ކިތަންމެ ބިރުވެރި މަންޒަރަކަށް ވީނަމަވެސް މިކަން އަމިއްލަ އަށް ތަޖުރިބާ ކުރާ މީހުން ބުނާ ގޮތުގައި ދުފާއިރު އަނގައަށް ބިލަތްގަނޑާއި އެކު އަލިފާން ލުމަކީ ބިރުވެރި ކަމެއް ނޫން ކަމަށެވެ.

ދުފާއިރު އަނގައަށް އަލިފާން ލައިގެން ދުފުންގަނޑުގެ ރަހަ ރަނގަޅު ކޮށްލާފައިވާ ބައެއް މީހުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މިއީ ކޮންމެހެން ތަޖުރިބާ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ދުފުމާއި އެކު އަލިފާން އަނގައަށް ލުމުގެ ވިޔަފާރި ކުރާ ވިޔަފާރިވެރިޔަކު ބުނީ އޭނާގެ ވިޔަފާރި ވަރަށް ރަނގަޅު ކަމަށެވެ. މީހުންގެ ފަރާތުން ބައެއް ފަހަރު ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ފެނުނު ނަމަވެސް ކުރިމަތީގައި އެހެން މީހުން އަލިފާން އަނގައަށް ލާމަންޒަރު ފެނުމުން އެހެން މީހުންގެ ބިރު ފިލައިގެންދާ ކަމަށް ވިޔަފާރިވެރިޔާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖުހާ

    މީ މީގެ 2 އަހަރު ކުރިން އިންޑިއާއިންފެށިކަމެއް. ޔޫޓިބުގައިވެސް ހުންނާނެ. ވަގުތުގެ މީހުނަށް މިފެނުނީ 25މިނިޓްކުރިން. ހާދަފަހަތުގައޭދޯ ތިއުޅެނީ.

  2. ހުސޭނުބޭ

    އާ ގޮތަކަށް އަލިފާން ކަނީ!

  3. Anonymous

    ޖުހާ ތިބުނީ ރަނގަޅަށް ..ކޮން ޒަމާނެއް