ކުށެއް ކުރުމަށްފަހު ކަމާ ބެހޭ ފަރާތްތަކުން ރެކުމަކީ، ގިނަ ބަޔަކު ކުރާ ކަމެކެވެ. އެކަން ކުރިއިރު ބިރު ނުގަތްނަމަވެސް، އަދަބު ލިބޭނެކަން ޔަޤީންވުމަކީ، އިންސާނީ ޠަބީއަތެވެ. ކޮންމެ ތާކުވެސް ކަންތައް ވަމުންދާ ގޮތެވެ. މިއީވެސް އެފަދަ ޙާދިސާއެކެވެ.

އެގޮތުން، މައްސަލައެއްގައި ކުށްވެރިވެފައިވާ އުމުރުން އެންމެ 18 އަހަރުގެ ޒުވާނަކު، ފުލުހުންނާ ފިލުމަށްވަނީ ބޮޑު ނުރައްކަލަކަށް، އަމިއްލައަށް ހުށަހެޅިގެންފައެވެ. އެއީ، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެއްގަމު އުޅަނދަކުން، މަގުމައްޗަށް ފުންމާލުމެވެ.

ޖޯނީ ބަކްލެންޑް ނަމަކަށް ކިޔާ ޒުވާނަކު މިގޮތަށް ކަންތައް ކޮށްފައިވާއިރު، އޭނާއަށް ބޮޑު ނުވަތަ ސީރިޔަސް އަނިޔާއެއް ވެފައި ނުވެއެވެ. މިކަންތަކާ ގުޅިގެން ބަކްލަންޑް ބުނެފައިވާ ގޮތުގައި އޭނާ ފުލުހުންނާ ފިލަން މަސައްކަތް ކޮށްފައިވަނީ، ޓްރެފިކް ޤަވާއިދުތަކަށް ޚިލާފުވެވި، ފުލުހުންނަށް އެކަން އެނގިފައިވާތީއެވެ.

އެޒުވާނާ އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނަގާފައިވަނީ ވަރަށް ފަހުންނެވެ. އަދި، އެކަމާ ގުޅިގެން، ލައިސަންސް ބާޠިލުކޮށްފާނެކަމުގެ ބިރު އޮތްކަމަށްވެސް ބަކްލަންޑް ބުނެފައިވެއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި، މި މަންޒަރު ފެންނަ ސީސީޓީވީ ވީޑިޔޯ ފޫޓޭޖުތަކެއްވަނީ އާއްމުވެފައެވެ. އެފަރާތްތަކުން އިތުރަށް ބުނެފައިވާ ގޮތުން، ވީޑިޔޯ އިން ފެންނަނީ، ވޭން ދުއްވާފައި ދަނިކޮށް، އޭގ ދޮރުހުޅުވުމަށްފަހު ބަކްލަންޑް ފުންމާލާ މަންޒަރެވެ. ހަމައެހެންމެ، އުޅަނދު ދުއްވަން އިން ޒުވާނާ އޭގެން ފުންމާލުމާއެކު، އުޅަނދު ގޮސް އެސަރަޙައްދުގައި ޖަހާފައި ހުރި ފެންސަކަށާއި ގަސްތަކަކަށް އެރިކަމަށްވެސް ބުނެފައިވެއެވެ.

މި ޒުވާނާ ފަހުން ހައްޔަރުކޮށްފައިވާކަން ނުވަތަ ނޫންކަން، ސާފުވެފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޏ

    މީ ހަަމަ އެންޑީޕީ