ބޭނުންވާ ތަކެތި:

600 ގުރާމު ފަރުމަސް (ކިއުބްކޮށް ކޮށައިފައި)

2 މޭޒުމަތީ ސަމުސާ ހަނާކުރި ހަވާދު

1 ޖޯޑު ކާށިކިރު

½ ސައިސަމުސާ ދިރި

½ ސައިސަމުސާ ފޮނިތޮށި ކާފޫރުތޮޅި

½ ސައިސަމުސާ އަސޭމިރުސް

½ ސައިސަމުސާ ލޮނުމެދު (ގާނައިފައި)

½ ސައިސަމުސާ އިނގުރު (ގާނައިފައި)

1 ބޮޑު ފިޔާ (ތުނިކޮށް ކޮށައިފައި)

1 މޭޒުމަތީސަމުސާ ގިތެޔޮ

ރޯމިރުސް، ލޮނު، ހިކަނދިފަތް، ރާނބާފަތް

ތައްޔާރު ކުރާނެ ގޮތް:

ކޮށައިފައި ހުރި މަސްކޮޅުގައި ކުޑަ ލޮނުކޮޅެއް ހާކާލާފައި ބަހައްޓާށެވެ. ދެން ތެޔޮ އަޅައިގެން ފިޔާ ރަތް ކުރާށެވެ. ފިޔާކޮޅު ވަޅޯވީމާ އޭގެ ތެރެއަށް ލޮނުމެދާއި އިނގުރު އަޅައިގެން އެއްކުރާށެވެ. ފިޔާކޮޅަށް ރަތްކުލަ އެރީމަ ކިރު ޖޯޑުގެ ދެބައިކުޅަ އެއްބައި އަޅާފައި، ހަވާދު އެޅުމަށް ފަހު މަސްކޮޅު އަޅާލާށެވެ. އެއަށްފަހު ދިރި، އަސޭމިރުސް، ފޮނިތޮށި، ކާފޫރުތޮޅި އަޅައިގެން، މަތި ޖަހައިގެން، މަޑު ގިނީގައި ކައްކާލާށެވެ. މަސްކޮޅު ރޯފިލީމައި، ރޯމިރުހާއި ބާކީ ހުރި ކިރުފޮދު އެޅުމަށް ފަހު އަނެއްކާވެސް ކައްކާލާށެވެ. ރަނގަޅަށް ކެކިގަތީމައި ހިކަނދިފަތް، ރާނބާފަތް އަޅައިފައި ލޮނު ހެޔޮވަރު ކުރުމަށްފަހު އިރުކޮޅެއްވަންދެން މަތި ނުޖަހާ ކައްކާށެވެ. މިހާރު އެހުރީ ހަނާކުރި ފަރުމަސް ހަދާ ނިމިފައެވެ.