ބޭނުންވާ ތަކެތި:

  • 1 ބިސް
  • ¾ ޖޯޑު ކިރު
  • 1 ޖޯޑު ޝްރެޑެޑް ޗެއްޑާ ޗީޒް
  • ½ ޖޯޑު އޯޓްސް
  • 1 ސައިސަމުސާ ލޮނު
  • 1 ޕައުންޑް ގްރައުންޑް ބީފް
  • 2/3 ޖޯޑު ޓޮމާޓޯ ސޯސް
  • ¼ ޖޯޑު ހަކުރު
  • ½ 1 ސަމްސާ މަސްޓާޑް

ތައްޔާރު ކުރާނެ ގޮތް:

  1. އެންމެ ފުރަތަމަ 175 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނު ކުރާށެވެ. ދެން ބިސް، ކިރު، ޗީޒް، އޯޓްސް އަދި ލޮނުކޮޅު ރަނގަޅަށް އެއްކޮށް ގިރާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ބީފްކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން މަސްގަނޑުން ކުދި ގުޅަތަކެއް ތައްޔާރު ކޮށްލާށެވެ. ޓްރޭގައި ކުޑަ ތެޔޮކޮޅެއް އުނގުޅާލުމަށްފަހު ގުޅަތައް އަތުރާލާށެވެ. އެެހެން ތައްޓެއްގައި ސޯސް، ހަކުރު، އަދި މަސްޓާޑް ކޮޅު އެއްކޮށްލުމަށްފަހު ގުޅަތަކުގެ މައްޗަށް އަޅާ 45 މިނެޓް ވަންދެން ފިހެލާށެވެ. މިހާރު އެހުރީ މީޓް ބޯލްސް ތައްޔާރުކޮށް ނިމިފައެވެ.