ބޭނުންވާ ތަކެތި

‎01 ޖޯޑު ކޮކޯ ޕައުޑާ

‎1/2 ޖޯޑު މައިލޯ

‎1/2 ލާހި ފުށް

‎01 ޖޯޑު ހަކުރު

‎03 ބިސް

‎01 ޖޯޑު ހިކި ކިރު

‎01 ސައިސަމުސާ ވެނީލާ އެސެންސް

‎01 ސައިސަމްސާ ބޭކިންގ ޕައުޑަރ

‎1/2 ޖޯޑު ތެޔޮ

‎ފުލްކުރީމް މިލްކު ޕެކެޓް ކުޑަ

‎ބަޓަރ

ތައްޔާރު ކުރާނެ ގޮތް

‎ބިސް, ހަކުރު, އެސެންސް، ތެޔޮ އަދި 1/3 ޖޯޑު ފުލްކުރީމް މިލްކު އަޅައިގެން މިކްސްޗަރުން މުގުރާލާށެވެ. ދެން ފުށް، ކޮކޯ ޕައުޑަރ، މައިލޯ، ބޭކިންގ ޕައުޑަރ އަދި ހިކި ކިރު އެއްކޮށްލުމަށް ފަހު މިކްސްޗަރުން މުގުރި ތަކެތި އަޅަމުން އެއް ކުރާށެވެ. ކޭކް މިކްސް ހިކިނަމަ ކުޑަކޮށް ދިޔާވާ ވަރަށް ފުލްކްރީމް މިލްކް އަޅާލާށެވެ. ދެން ޓްރޭ ހޫނުކުރުމަށްފަހު ބަޓާރ ހާކައި އެއަށް ކޭކް މިކްސް އަޅާލުމަށް ފަހު އަވަނުން ކޭކް ފިހެލުމަށް ފަހު މައްޗަށް މައިލޯ ކޮޅެއް ބުރުވާލާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަރާ

    މައިލޯ ބޮއިކޮޓް ކުރޭ. އެއީ އިޒްރޭލަށް ވާގިވެރިވާ ބްރޭންޑެއް

    11
  2. ނަސޭހަތް

    ބޮއިކޮޓް މައިލޯ، ނެސްލޭގެ ހުރިހާ އުފެއްދުމެއް ބޮއިކޮޓްކުރަން ގޮވާލަން. ސަބަބަކީ ނެސްލޭއަކީ އިޒްރޭލަށް ވާގިވެރިވާ ކުންފުންޏަކަށް ވުން.

    12
  3. އަހަންމަދު

    އިސްރާއިލް އަށް ފަންޑުކޮށްދޭ ނެސްލޭ ކުންފުނީގެ ޕްރޮޑަކްޓުތައް އިޝްތިހާރު ކުރުން ހުއްޓާލުމަށް ގޮވާލަން!