ފުށްގަނޑު ހެދުމަށް ބޭނުންވާނެ ތަކެތި:

2 ޖޯޑު ފުށް

1 މޭޒުމަތީ ސަމުސާ ޑްރައި ޔީސްޓް

1 މޭޒުމަތީ ސަމުސާ ތެޔޮ

1 މޭޒުމަތީ ސަމުސާ ހަކުރު

ރަހަލާވަރަށް ލޮނު

ތާފަނާ ފެންފޮދެއް

ފުށްގަނޑު މޮޑޭނެ ގޮތް:

ތާފަނާ ފެން ފޮދެއްގައި ޔީސްޓް އެކްޓިވޭޓް ކުރުމަށް ފަހު، ފުއް، ތެޔޮ، ހަކުރު، ލޮނު އަދި ފެން އެޅުމަށް ފަހު ރަނގަޅަށް މޮޑެލާށެވެ. ރަނގަޅަށް މޮޑެވުމުން ފުށްގަނޑު ކޮންޓެއިނަރަކަށް ލާފައި މަތީގައި ފޮތިކޮޅެއް އަޅާފައި ބަހައްޓާށެވެ.

ސްޓަފިންގް ހެދުމަށް ބޭނުންވާ ތަކެތި:

ޕިއްޒާ ސޯސް

މޮޒަރެއްލާ ޗީޒް (ގާނާފައި)

ޕެޕަރޯނީ މީޓް ނުވަތަ ބޭނުން ވައްތަރެއްގެ މަހެއް

1 ބިސް (ގިރާލާފައި)

ކުޑަ ސެސަމީ ސީޑްސް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

ޕިއްޒާ ސޯސް، ޗީޒް އަދި މަސްކޮޅު ރަނގަޅަށް އެއްކުރުމަށް ފަހު ގުޅަ ހަދާލާށެވެ. ކުރިން މޮޑެފައި ހުރި ފުށްގަނޑުން ގުޅަ ހެދުމަށް ފަހު، މި މަސް ގުޅަތައް ފުއްގަނޑު ތެރެއަށްލާފައި ގުޅަ ހަދައިލާށެވެ.

ބޭކިންގް ޓްރޭއެއްގައި މި ގުޅަތައް ކައިރި ކައިރީގައި އަތުރާލާށެވެ. ކޮންމެ ގުޅައެއްގެ މަތީގައި ބިސް ހާކާލުމަށް ފަހު ކުޑަ ސެސަމީ ސީޑްސް ކޮޅެއް ބުރުވާލާށެވެ.

އަވަން 200 ޑިގްރީ ސެލްސިއަސްއަށް ހޫނު ކުރުމަށްފަހު ފިހެލާށެވެ. މި ގުޅަތަކަށް ގޯލްޑަން ބުރައުން ކުލަ އަރަންދެން ފިހެލަންވާނެއެވެ.