ބޭނުންވާ ތަކެތި:

  • މިންޓް ފަތް
  • ލުނބޯ ހުތް ފެލަފައި
  • ސޯޓާ ވޯޓާ
  • މިންޓް ސިރަޕް
  • ކަރާ
  • ފެން
  • އައިސްކިއުބް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކުޑަ ޖަގަކަށް މިންޓް ފަތް އެޅުމަށްފަހު ސަމްސަލެއް ބޭނުންކޮށްގެން ޗަސްކޮށްލާށެވެ. އެއަށްފަހު ހަކުރާއި ފެން އަޅާ އެއްކޮށްލާށެވެ. އަދި މަޑު ގިނީގައި ހަކުރު ވިރެން ދެން ހޫނު ކޮށްލާށެވެ. ތިން ވަރަކަށް މިނެޓް ހޫނުކޮށްލުމުން ރަނގަޅުވާނެއެވެ. ދެން ހިހޫ ވަންދެން ބަހައްޓާށެވެ. އެއަށް މިންޓް ފަތްތަކުން ރަހަ ނިކުންނަ ވަރަށް ޗަސް ކޮށްލާށެވެ. އަދި ފުރާނާލަށެވެ. އޭރުން މޮހީޓޯއަށް އަޅާ މިންޓް ސިރަޕް ތައްޔާރުވީއެވެ.

ދެން އެހެން ޖަގެއްގައި ކަރާ އާއި ހަކުރު އެއްކޮށް ޗަސްކޮށްލާށެވެ. އެއަށްފަހު އެ ޖަގަށް މިންޓް ސިރަޕް އާއި ފެލާފައި ހުރި ލުނބޯ ހުތްކޮޅު އަޅާލަށެވެ. އަދި ސޯޑާ ވޯޓާއަށް އައިސް ކިއުބް އެޅުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. އޭރުން ވޯޓާމެލަން މޮހީޓޯ ތައްޔާރުވީއެވެ.