ބޭނުންވާ ތަކެތި

‎½1 ޖޯޑު ގޮދަންފުށް

‎1 ސައިސަމުސާ މާޖިރީން

‎1 މޭޒުމަތީ ސަމުސާ އީސްޓު (½ ޖޯޑު ހިހޫ ފެނަށް އަޅާފައި)

‎1 ދަޅު ތެޔޮމަސް

‎100 ގުރާމު މޮޒަރެއްލާ ޗީޒް

‎5 މޭޒުމަތީ ސަމުސާ ޕިއްޒާ ސޯސް

‎1 ފިޔާ (ކުޑަ، ގޮޅިކޮށް ކޮށާފައި)

‎1 ލޮނުމެދު (ގާނާފައި)

‎1 ޓޮމާޓޯ(ބޮޑު، ވައް ފޮއްޗަށް ކޮށާފައި

‎1 ކެޕްސިކަމް (ވައްފޮއްޗަށް ކޮށާފައި)

‎5 ޒައިތޫނި

‎4 މަޝްރޫމް

‎½ ސައިސަމުސާ ހަކުރު

‎ލޮނު، އަސޭމިރުސް، ތެޔޮ، ގިތެޔޮމިރުސް

ފުށްގަނޑު މޮޑޭ ގޮތް

‎ފުށް، ހަކުރު، ލޮނު، މާޖިރީން، އީސްޓު އަޅައިގެން ފުށްގަނޑު މޮޑުމަށް ފަހު، އެއްޗަކަށް ލާފައި، މަތި ބަންދު ކޮށްފައި، ފަނަރަ މިނެޓު ވަންދެން ބަހައްޓާލާށެވެ.

ޕިއްޒާ ހަދާ ގޮތް

ތެޔޮ ފޮދެއް ހާކާލުމަށް ފަހު، އޭގެ މަތީގައި ފުށްގަނޑު ފަތުރާލާށެވެ. ފުށްގަނޑު މަތީގައި ޕިއްޒާ ސޯސް ހާކާލާށެވެ. އަދި 190c ގައި އަވަން ބެހެއްޓުމަށް ފަހު، ހަމަ އެކަނި މަތި ފިހެވޭ ގޮތަށް ބަހައްޓައިގެން، 10 މިނެޓު ވަންދެން ފުށްގަނޑު ފިހެލާށެވެ. ޕިއްޒާ ފުށްގަނޑު ނަގާފައި އޭގެ މަތީގައި މަސްކޮޅު ފަތުރާލާށެވެ. އަދި ޒައިތޫންޏާއި ކެޕްސިކަމް، ޓޮމާޓޯ އަތުރާލުމަށް ފަހު، ބާކީ ހުރި ސޯސް އަޅާށެވެ. އޭގެ މައްޗަށް މޮޒެރެއްލާ ޗީޒް ގާނާފައި އަޅައި އަލުން ފިހަންލާށެވެ. މި ފަހަރު އަވަން ބަހައްޓާނީ ތިރި ފިހެވޭ ގޮތަށެވެ. އަދި 190c ގައި ބަހައްޓައިގެން 10 ވަރަކަ މިނެޓު ބެހެއްޓީމަ ފިހެވޭނެއެވެ/