ބޭނުންވާ ތަކެތި:

3 ޖޯޑު ފުލް ކްރީމް މިލްކް

3 މޭޒުމަތީ ސަމުސާ ކޯންފްލާ

2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ

1/3 ޖޯޑު ހަކުރު

18 ޗިޕްސް މޯ ބިސްކޯދު (ބޭނުން ނަމަ އިތުރުވެސް ކޮށްލެވިދާނެ)

ތައްޔާރު ކުރާނެ ގޮތް:

½ ޖޯޑު ކިރާއި 3 މޭޒުމަތީ ސަމުސާ ކޯންފްލާ ކުޑަ ބޯތައްޓެއްގައި އެއްކޮށްލާށެވެ. ދެ ޖޯޑު ފުލް ކްރީމް ކިރު، ކޮކޯ ޕައުޑަރ އަދި ހަކުރު ތެއްޔަކަށް އަޅާފައި މެދު ގިނީގައި ހުއްޓާނުލާ ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން ގިރަމުން ކައްކާށެވެ. އެއަށްފަހު ކިރާއި އެއްކުރި ކޯންފްލޯކޮޅު މަޑުމަޑުން ތެލީގެ ތެރެއަށް އަޅާލާށެވެ.

ހުރިހާ އެއްޗެއް އެއްކޮށް އޮލަވަންދެން ކައްކާށެވެ. އަދި އުނދުން މަތިން ބޭލުމަށްފަހު ހިހޫ ކުރަން ބަހައްޓާށެވެ. އެއަށްފަހު ޓްރޭއެއްގައި ކްރީމް ލޭޔާ އެއް ބިސްކޯޑު ލޭޔާރއެއް އެގޮތަށް ހުސްވަންދެން ލޭޔާސް ލާށެވެ. ބޭނުން ނަމަ މައްޗަށް ކުކިން ޗޮކްލެޓު ދިޔާ ކުރުމަށްފަހު އެޅިދާނެއެވެ. ބިސްކޯދުތައް އަތުރާނީ ކިރު ކޮޅަކަށް ލުމަށްފަހު ކުޑަކޮށް ފޯކޮށްފައެވެ.