ބޭނުންވާ ތަކެތި

1 ފިޔާ (ބޮޑު)

3 މިރުސް

1 ހިކަނދިފަތް

2/1 1 ލުނބޯ

2 ދަޅު މަސް

ރަހަލާ ވަރަށް ލޮނުކޮޅެއް

ތެލުލާފަހުރި ޕޮޓޭޓޯ ޗިޕްސް (ދިގު ކޮށް ކޮށާފަ ހުރި)

4 ޓޮމާޓޯ (ސްލައިސް ކޮށް ކޮށާފައި)

4 ބިސް

ތައްޔާރު ކުރާނެ ގޮތް

ފިޔާ މިރުސް ހިކަނދިފަތް ކޮށާފަ ލޮނުލާފައި ރަނގަޅަށް މޮޑެލާނީއެވެ. ދެން މަސް ދަޅު ތައް އަޅާފައި މަސްހުނި މޮޑޭހެން މޮޑެލާނީއެވެ. އޭގެ ފަހުން ތަވާގައި މާޖިރިން އުނގުޅާފައި ސްލައިސްޑް ޓޮމާޓޯ ލޭޔަރެއް އަޅާފައި އޭގެ މައްޗަށް މަސްހުނި ލޭޔަރެއް އާޅާނީއެވެ. އަނެއްކާވެސް ޓޮމާޓޯ އަޅާފައި ދެންސް ޗިޕްސް އަތުރާފަ އޭގެ މައްޗަށް މަސްހުނި ލޭޔަރެއް އަޅާނީއެވެ. އެންމެ ފަހުން ގިރާފައި ހުރި ބިސް ތަވާގަ ހުރި ތަކެތީގެ މައްޗަށް މަތި ފޮރުވޭ ވަރަށް އަޅައި މަޑުގިނީގައި މަތި ޖަހައިގެން ފިހެލުމުން ނިމުނީއެވެ.